ޚަބަރު

ކާނިވަލުގައި ހުރި ގިނަދުވަސްވީ ވެހިކަލްތައް ނަގަންފަށައިފި


ކާނިވާ ސަރަޙައްދުގައި ގިނަ ދުވަސްތަކެއް ވަންދެން ބަހައްޓާފައިހުރި އުޅަނދު ތަކާއި ޤަވާޢިދާ ޚިލާފަށް
ހުރި އުޅަނދުތައް އެސަރަޙައްދުން ނަގައި އެ ސަރަޙައްދު ސާފު ކުރުމުގެ މަސައްކަތް ފަށައިފިއެވެ.




ފުލުހުންނާ ހައުސިންގ
މިނިސްޓްރީ އާއި ރޯޑް ކޯޕަރޭޝަންގެ އިތުރުން އެންވަޔަރަމެންޓް މިނިސްޓްރީ އާއި ޓްރާންސްޕޯޓް
އޮތޯރިޓީ ގުޅިގެން ކުރަމުންދާ މި މަސައްކަތް މިއަދު ހެނުނު ފަށާފައިވާއިރު އެ ސަރަޙައްދުގައި
ހުރި އަމިއްލަ މީސްމީހުންގެ އުޅަނދު އެސަރަޙައްދުން ނެގުމުގެ ކުރިން އުޅަނދުގެ ވެރިފަރާތާ
އުޅަނދު ޙަވާލު ކުރުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންގޮސްފައިވެއެވެ.



ކާނިވާ ސަރަޙައްދުގައި
ހުރި ގިނަ ދުވަސްވެފައިވާ އުޅަނދުތަކާއި ޤަވާޢިދާ ޚިލާފަށް އެސަރަޙައްދުގައި ޕާކުކޮށްފައިވާ
އުޅަނދުތައް އެސަރަޙައްދުން ނެގުމަށްފަހު ގެންދިއުމަށް ހަމަޖެހިފައިވަނީ
ތިލަފުށްޓަށެވެ. މީގެ އިތުރުންވެސް އެއްވެސް މީހެއްގެ ނަމުގައި ނުވަތަ އެހެން ފަރާތެއްގެ
ނަމުގައިވެސް ރަޖިސްޓްރީ ކުރުމެއް ނެތި ކާނިވާ ސަރަޙައްދުގައި ބަހައްޓާފައިހުރި އުޅަނދުތައްވެސް
އެސަރަޙައްދުން ނެގުމަށްފަހު ތިލަފުއްޓަށް ބަދަލު ކުރުމަށް ވަނީ ހަމަޖެހިފައެވެ.



ކާނިވާ ސަރަޙައްދުން ނަގާ
އުޅަނދުތަކުގެ ތެރެއިން ގިނަ ދުވަސްވެ ބާވެފައިވާ ތަކެތި ޤަވާޢިދުގެ މަތިން ނައްތާލުމަށް
ހަމަޖެހިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.