ޚަބަރު

ރައީސް ނަޝީދު މާލެ ވަޑައިގެންފި


ކޮޕް26ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅަށްފަހު ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގަންނަވައިފިއެވެ.

ކޮޕް26ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ނަޝީދު ސްކޮޓްލޭންޑްގެ ގްލާސްގޯއަށް ވަޑައިގެންނެވީ މިދިޔަމަހުގެ 29 ވަނަ ދުވަހުއެވެ.

ކޮޕް26ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް ނަޝީދު މިއަދު މާލެ ވަޑައިގެންނެވުމުން އެމަނިކުފާނަށް އެއަރޕޯޓުން މަރުހަބާ ދެންނެވީ ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ މެމްބަރު ހަސަން އަހުމަދުއެވެ.

ކޮޕް26 ސަމިޓުގެ ތެރެއިންނާއި، އެ ސަމިޓުގައި ހަވާސާގައި ބޭއްވި އެކި ބައްދަލުވުންތަކުގައި ރައީސް ނަޝީދު ވަނީ ތިމާވެށީގެ މައްސަލަތަކުގައި ކުރާ މަސައްކަތް އިތުރުކުރުމަށް ގޮވާލާފައެވެ. އަދި ތިމާވެށީގެ ހިމާޔަތުގައި އެންމެ ބޮޑު ދައުރެއް އަދާކުރުވޭނީ ގާނޫނު ހަދާ މަޖިލިސްތަކުގެ މެމްބަރުންނަށްކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާޅުވީ ތިމާވެށި ހިމާޔަތް ކުރުމަށް ޤައުމުތަކުގެ މަޖިލީސްތަކުން ގިނަ މަަސައްކަތްތަކެއް ކުރެވިދާނެ ކަމަށެވެ. އަދި އެ މަސައްކަތްތައް ކުރުމުގައި ރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ އެހީތެރިކަން ދުނިޔޭގެ ކޮންމެ ގައުމަކަށް ވެސް ލިބޭނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ކޮޕް26ގައި ބައިވެރިވެވަޑައިގަތުމަށް ކުރެއްވި ދަތުރުފުޅަށްފަހު ރައީސް މުހައްމަދު ނަޝީދު މާލެ ވަޑައިގަންނަވާފައިވާއިރު، މަޖިލިސް ރައީސްގެ ވަގުތީ ގެކޮޅުކަމުގައި ކަނޑައެޅި، މ.މުރައިދޫގޭގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން މިހާރު ވަނީ ނިންމާލާފައެވެ.