ކުޅިވަރު

އޭ.ޓީ.ޕީ. ފައިނަލްސްގެ ފައިނަލަށް އެލެގްޒެންޑަރ ޒްވަރޭވް


އިޓަލީވިލާތުގެ ޓިއުރިންގައި މިހާރު ކުރިއަށްދާ އޭ.ޓީ.ޕީ. ފައިނަލްސް ޓެނިސް މުބާރާތުގެ ފައިނަލުން ޖަރުމަނުވިލާތުގެ އެލެގްޒެންޑަރ ޒްވަރޭވް ޖާގަހޯދައިފިއެވެ. އޭނާ މިމުބާރާތުގެ ފައިނަލުން ޖާގަހޯދީ ސެމީ ފައިނަލްގައި ދުނިޔޭގެ އެއްވަނައަށް ރޭންކް ކުރެވިފައިވާ ސަރބިއާގެ ނޯވަކް ޖޯކޮވިޗާއި ބައްދަލުކުރި ސެމީފައިނަލް މެޗް ކާމިޔާބުކޮށްގެންނެވެ.

ސެމީފައިނަލް މެޗް ޒްވަރޭވް ކާމިޔާބުކުރީ ދެ ސެޓް އެއްސެޓުންނެވެ. އެއީ ހަތެއް ހައެއް، ހަތަރެއް ހައެއް އަދި ހައެއް ތިނަކުންނެވެ. މިމެޗްގެ ފުތަތަމަ ސެޓް ޒްވަރޭވް ކާމިޔާބުކުރީ ޓައިބްރޭކަކަށް ގޮސް ހަތެއް ހަތަރަކުން ކުރި ހޯދައިގެންނެވެ. މިމެޗްގައި ޒްވަރޭވް ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ފައިނަލްގައި ޒްވަރޭވް ބައްދަލުކުރާނީ މިމުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ރަޝިޔާގެ ޑަނީލް މެދްވެޑޭވާއެވެ. މެޑްވެޑޭވް ފައިނަލުން ޖާގަހޯދީ ސެމީފައިނަލްގައި ނޯވޭގެ ކެސްޕަރ ރުޑް އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ. އޭނާ މެޗް ކާމިޔާބުކުރީ ސީދާ ދެސެޓުންނެވެ. އެއީ ހައެއް ހަތަރެއް އަދި ހައެއް ދެއަކުންނެވެ.