ދުނިޔެ

އދގެ ވާހަކަތަކުގާ ބައިވެރިވުމަށް ސޫރިޔާ ސަރުކާރު އޮތީ ތައްޔާރަށް!


ސޫރިޔާގެ ހަނގުރާމައަށް ސުލްޙަވެރި ހައްލެއް ހޯދުމަށް އދ. ން އިސްނަގައިގެން ބާއްވާ ވާހަކަތަކުގައި ބައިވެރިވުމަށް ސޫރިޔާގެ ސަރުކާރުން ތައްޔާރަށް އޮތް ކަމަށް އެގައުމުގެ ރައީސް ބައްޝާރުލް އަސަދުގެ އިސް މުޝީރަކު ވިދާޅުވެއްޖެއެވެ.ލުބުނާނުގެ އަލް މައިދީން ޓީވީއަށް ދެއްވި ބަސްދީގަތުމެއްގައި އަސަދުގެ ސިޔާސީ މުޝީރު ބައުތައިނާ ޝާބަން ވިދާޅުވީ، ސޫރިޔާގެ މައްސަލައިގައި އދގެ ސަލާމަތީ މަޖިލީހުން ދާދި ފަހުން ފާސްކުރި ޤަރާރުގެ ދެލިކޮޕީއަށް ސޫރިޔާގެ ސަރުކާރުން ތާޢީދުކުރައްވާ ކަމަށެވެ. އަދި ހުޅަނގުގެ ގައުމުތަކުން ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދުގެ ސަރުކާރާ މެދު ގެންގުޅޭ ވިސްނުން ބަދަލުވަމުންދާ ކަމަށާއި މިކަމުގައި ރަޝިޔާގެ ދައުރު މުހިއްމު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.ސޫރިޔާގައި ސުލްޙަ ޤާއިމުކުރުމަށް ގޮވާލާ އދ. ގެ ސަލާމަތީ މަޖިލީހުގެ ޤަރާރުގެ ދެލިކޮޕީގައި ވަނީ، ސަރުކާރާ އިދިކޮޅު ފަރާތްތައް ބައިވެރިވާ ވާހަކަތައް ވީ އެންމެ އަވަހަކަށް ފެށުމަށް ގޮވާލާފައެވެ.