ކުޅިވަރު

ނޭޕާލް ބަލިކޮށް ލަންކާ ސެމީފައިނަލާ ގާތަށް




ނޭޕާލް ބަލިކޮށް ސާފް ސުޒުކީ ކަޕް ދެހާސް ފަނަރައިގެ
ފުރަތަމަ މެޗް ސްރީލަންކާ ކާމިޔާބުކޮށްފިއެވެ. އިންޑިއާގެ ޓްރިވެންޑްރަމްގައި މިއަދު
ފެށި ސާފް ސުޒުކީ ކަޕްގެ ފުރަތަމަ މެޗް ލަންކާ ކާމިޔާބުކުރީ އެއްލަނޑު
ސުންލަނޑުންނެވެ.

މެޗްގެ ހަމައެކަނި ލަނޑު މެޗްގެ އިތުރު ވަގުތުގައި ކާމިޔާބުކޮށްދިނީ މުހައްމަދު
ރިފްނާސްއެވެ. މެޗްގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފެއްދީ ނޭޕާލެވެ. މިމެޗުން ލަންކާ މޮޅުވުމުން އެޓީމަށް ވަނީ ސެމީފައިނަލަށް ދިއުމުގެ
ފުރުސަތު ބޮޑުވެފައެވެ. މިގްރޫޕްގައި ތިން ޓީމް ހިމެނޭއިރު، މިދެޓީމްވެސް ދެން
ވާދަކުރަން ޖެހޭނީ އިންޑިޔާއާއެވެ.

ސެމީފައިނަލްގެ ފުރުސަތު ހޯދުމަށް ނޭޕާލް އިންޑިއާ
ބަލިކުތަން ޖެހޭއިރު، ނޭޕާލް އިންޑިއާ މެޗްގެ ނަތީޖާ ނިކުންނަ ގޮތަކުން ލަންކާއަށް
ސެމީފައިނަލްގެ ފުރުސަތު ލިބިގެންދާނެއެވެ. މިމުބާރާތުގައި މާދަމާ ކުޅޭނީ ގްރޫޕް ބީގެ ދެމެޗެވެ.
ފުރަތަމަ މެޗްގައި ދިވެހިރާއްޖެ މާދަމާ މެންދުރު ތިނެއް ޖަހާއިރު ބޫޓާނާ ދެކޮޅަށް ނިކުންނަ އިރު އެންމެ ފަހުގެ
ޗެމްޕިއަން އަފްޤާނިސްތާން އިރުއޮއްސި ހަޔެއް ޖަހާއިރު ނިކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ.