ކުޅިވަރު

ޕްރިމިއަރ ލީގުގެ ޗެއަރމަން މަގާމާ ދުރަށް ދަނީ


އިންގްލިޝް ޕްރިމިއަރ ލީގުގެ ޗެއާމަން ކަމުގެ މަގާމުގައި ހުރި ގެރީ ހޮފްމަން މިއަންނަ އަހަރުގެ ޖެނުއަރީމަހު މަގާމުން ދުރުވާން ނިންމައިފިއެވެ. ހޮފްމަން މިމަގާމާއި ހަވާލުވެފައިވަނީ 2020 ވަނަ އަހަރުގެ އެޕްރީލްމަހުގެ ތެރޭގައެވެ.

ދާދިފަހުން ސައުދީ އަރަބިއާއަށް ނިސްބަތްވާ ކުންފުޏަކުން ނިއުކާސްލް ޔުނައިޓެޑް ގަތުމުގެ ކަންކަން ގޮސްފައިވާގޮތުން ގިނަބައެއްގެ ފާޑުކިޔުންވަނީ ހޮފްމަންއަށް އަމާޒުވެފައެވެ. މީގެތެރޭގައި ޕްރިމިއަރ ލީގުގެ ކްލަބްތަސްވެސް ހިމެނެއެވެ. ހޮފްމަން ބުނީ ޕްރިމިއަރ ލީގުގެ ޗެއާމަންކަން ދޭތުވެދިޔަ ދެ އަހަރު ކުރަން ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި އޭނާ މަގާމުގައި ހުރި ދުވަސް ކޮޅަކީ އިނގިރޭސި ފުޓްބޯޅައަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވި ދުވަސްވަރެއް ކަމަށާއި އިނގިރޭސި ފުޓްބޯޅައިގެ ރޫހު މިދިޔަ ދެއަހަރެއްހާ ދުވަހު ވަރަށް ރަނގަޅަށް ފެނިގެންދިޔަ ކަމަށް އޭނާ ބުންޏެވެ. އަދި އޭނާ މިމަގާމުން މިއަންނަ ޖެނުއަރީ މަހު ދުރުވެ އިންގްލިޝް ޕްރިމިއަރ ލީގު އާ ލީޑަރޝިޕަކާއެކު އިތުރު އުސްމިންތަކަށް ގެންދިއުމަށް ފުރުސަތު ދޭން ނިންމާފައިވާކަމަށް ހޮފްމަން ބުންޏެވެ.

ޕްރިމިއަރ ލީގުން ނެރުނު ބަޔާނެއްގައިވަނީ ހޮސްމަން މަގާމުގައި ހުންނަވައިގެން ލީގަށް ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތް ބަލައިގަނެ އެކަމަށް ވަރަށް ބޮދަށް ޝުކުރު އަދާކޮށްފައެވެ. އަދި އޭނާ ލީގުގެ އެންމެ ކުރީގައި އެހުންނެވީ އެންމެ ގޮންޖެހުން ބޮޑު ދުވަސް ވަރުކަންވެސް ލީގުން ނެރުނު ބަޔާނުގައި ވެއެވެ. އަދި ލީގުގެ ޗެއާމަން ކަމާއި އަލަށް ހަވާލުވާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ވަގުތުން ފަށާފައިވާކަމަށްވެސް އެބަޔާނުގައި ވެއެވެ.