ދުނިޔެ

އަހަރުގެ 3 ވަނަ ކުއާޓަރުގައި އެމެރިކާގެ އިޤްތިސާދު ކުރިއަށް!


އަހަރުގެ ތިންވަނަ ކުއާޓަރގައި އެމެރިކާގެ އިޤްތިސާދަށް ދޭއް އިންސައްތައިގެ ކުރިއެރުމެއް ލިބިއްޖެއެވެ.އެމެރިކާގެ ވިޔާފާރިއާ ބެހޭ ވުޒާރާއިން ކުރިން ލަފާކޮށްފައިވަނީ، އަހަރުގެ 3 ވަނަ ކުއާޓަރގައި އިޤްތިސާދު 2.1 އިންސައްތަ ކުރިއަރާނެ ކަމަށެވެ. އެ ވުޒާރާއިން ބުނެފައިވަނީ، ލަފާކޮށްފައިވާ މިންވަރަށް އިޤްތިސާދު ކުރި ނޭރިނަމަވެސް، މި މުއްދަތުގައި ލިބުނު ކުރިއެރުމާއި މެދު ހިތްހަމަޖެހޭ ކަމަށެވެ.ޖުލައި މަހުން ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެމެރިކާގެ އިޤްތިސާދަށް ލިބުނު ކުރިއެރުމުގައި ޢާއްމު ވިޔަފާރީގެ ހިއްސާ ބޮޑުކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ. މިގޮތުން އަހަރުގެ 3 ވަނަ ކުއާޓަރގައި ޢާއްމު ވިޔަފާރި 3 އިންސައްތައަށް ކުރިއަރާފައިވާ ކަމަށް އެމެރިކާގެ ވިޔަފާރިއާ ބެހޭ އިދާރާއިން ބުނެއެވެ.