ކުޅިވަރު

ކޯޗް ރިކީ ހާބަޓަށް ކެޕްޓަން އަޝްފާގު ތަޢުރީފްކޮށްފި




 ރާއްޖޭ ޓީމަށް މިހާރު އިރުޝާދު ދެމުންދާ ކޯޗް ރިކީ
ހާބަޓަށް ކެޕްޓަން އަޝްފާގު ތަޢުރީފްކޮށްފިއެވެ.

ސާފް ސުޒުކީ ކަޕްގައި ވާދަކުރާ ޓީމްތަކުގެ
ކޯޗުންނާއި، ކެޕްޓަނުންނަށް ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގައި
ވާހަކަދައްކަމުން އަޝްފާގު ބުނީ ރާއްޖޭގެ ކޯޗް ރިކީ ހާބަޓަކީ އޭނާ ދެކުނު އެންމެ
މޮޅު އެއް ކޯޗް ކަމަށާއި، ޓީމަށް ކޯޗް ގެނެސްފައިވާ ބަދަލަކީ ރާއްޖޭގެ
ފުޓްބޯޅައިގެ ކުރިމަގަށް ގެނެސްފައިވާ ބަދަލުތަކެއް ކަމަށެވެ. ޓީމަށް އަލަށް ނެގި
ޒުވާން ކުޅުންތެރިންނާއި، ޓީމްގައި ތިބި ތަޖުރިބާކާރު ކުޅުންތެރިންގެ އެހީގައި
މިލިބުނު ވަގުތުގައި ޓީމް ރަނގަޅަށް ތައްޔާރުވެފައިވާ ކަމަށްވެސް އަޝްފާގު ބުންނެވެ.

އަޝްފާގު
ބުނީ ޓީމްގައި ތިބީ ހުނަރުވެރި ޒުވާން ކުޅުންތެރިން ކަމަށާއި، ޒުވާން
ކުޅުންތެރިންނާއެކު ރާއްޖެއަށް ކާމިޔާބު ހޯދޭނެ ކަމަށެވެ. އަލީ އަޝްފާގަކީ ސާފް
ޗެމްޕިއަންޝިޕްގެ މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ. މިފަހަރުގެ ސާފް
ސުޒުކީ ކަޕަކީ އަޝްފާގު އެންމެ ފަހު ސާފް މުބާރާތް ކަމަށް އޭނާ ވަނީ
އިޢުލާންކޮށްފައެވެ.