ދުނިޔެ

އިންޑޮނޭޝިޔާގެ ފެރީ ބަންޑުން ޖަހާލީ މޫސުން ގޯސްވުމުން- އޮފިޝަލުން


އިންޑޮނޭޝިޔާގެ ސުލަވެސީ ޖަޒީރާ ރަށުގެ ކައިރިން ދަތުރުކުރަމުން
ދަނިކޮށް އިންޑޮނޭޝިޔާގެ ފެރީއެއް ބަންޑުން ޖަހާލީ މޫސުން ގޯސްވުމުގެ ސަބަބުން
ކަމަށް އިންޑޮނޭޝިޔާގެ ކުއްލި އެހީދޭ ފަރާތްތަކުން ހާމަކޮށްފިއެވެ.



118 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ފެރީ ބަންޑުން
ޖަހާލި ހާދިސާގައި މިހާތަނަށް 3 މީހުން މަރުވެފައިވާއިރު، 74 މީހުން އަދިވެސް
ގެއްލިފައިވާ ކަމަށް ޚަބަރު ލިބޭއެވެ.



އިންޑޮނޭޝިޔާގެ ކުއްލި އެހީދޭ ގައުމީ އިދާރާގެ
ޑިރެކްޓަރ ރޯކި އަސިކިން ވިދާޅުވީ، މޫސުން ގޯސްވުމުގެ ސަބަބުން އާދަޔާ ޚީލާފަށް
ކަނޑު ގަދަވުމުގެ ސަބަބުން ބޯޓު ބަންޑުން ޖަހާލާ، ބޯޓުގެ ތެރެއަށް ގިނަ އަދަދަކަށް
ފެން އެޅުނު ކަމަށެވެ.އަދި ފެރީ ބަންޑުން ޖަހާލިއިރު، ފެރީގައި މީހުން ތިބީ އެފަދަ
އުޅަނދެއްގައި މީހުން ތިބެން ޖެހޭ މިންވަރަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.