ކުޅިވަރު

މައި ހުޅުމާލެ ވޮލީބޯލް ކޭމްޕް ފަށައިފި


200 ބައިވެރިންނާއެކު މައި ހުޅުމާލެ ވޮލީބޯލް ކޭމްޕް ފަށައިފިއެވެ. މިއީ ކުޑަކުދިންނަށް ހާއްސަކޮށްގެން ކުރިއަށްދާ ކޭންޕެކެވެ. މިކޭންޕަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް) އަދި ޕޮލިސް ކްލަބް ގުޅިގެން ކުރިއަށް ގެންދާ ކޭންޕެކެވެ. މިމަހުގެ 18އާއި ހަމައަށް ކުރިއަށްގެންދާ މިކޭންޕުގައި ވޮލީގެ ބޭސިކް ކިޔައިދިނުމާއި، ވޮލީ ކުޅުމުގައި ދަސްކުރަންޖެހޭ މުހިންމު ކަންތައްތަކުގެ އިތުރުން ވޮލީގައި ކުރިއަށް ދިއުމަށް ބޭނުންވާ މުހިންމު ކަންކަން ދަސްކޮށް ދިނުމަށްވަނީ ހަމަޖެހިފައެވެ. މިކޭންޕުގައި ބައިވެރިކޮށްފައިވަނީ އުމުރުން 12 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންނެވެ.

އަންހެން އަދި ފިރިހެންކުދިން އެއްކޮށްލައިގެން 200 ކުދިންނަށް ކޭންޕުގައި ފުރުސަތު ދީފައިވާއިރު، މިކޭންޕުގައި އަންހެން އަދި ފިރިހެން ކުދިންނަވެސްވަނީ ފުރުސަތު ދީފައެވެ. ގިނަ ހަރަކާތްތަކާއެކު މިފަހަރުގެ ކޭންޕު ކުރިއަށް ގެންދާއިރު މިކޭންޕްގެ ތެރެއިން އެއް ދުވަހުގެ މުބާރާތެއްވެސް ކުރިއަށްދާނެއެވެ. މިއީ ވޮލީގެ ކުރިމަގަށް ބަލާއިއިރު ވަރަށް މުހިންމު ކޭޕެއްކަމަށް މިކޭންޕްގައި އެންމެ އިސްކޮށް ހަރަކާތްތެރިވާ ތަޖްރިބާކާރު ކޯޗް މުޙައްމަދު ސާޖީދު ބުންޏެވެ. އަދި ވައިޑީޕީއަށް ސަމާލުކަން ދީގެން ކުދިން ބިނާކުރުމަކީ ވަރަށް މުހިންމުކަމެއްކަމަށް ސާޖިދު ބުންޏެވެ.