ކުޅިވަރު

ރާއްޖޭގެ ގައުމީ ޓީމްގެ 20 ކުޅުންތެރިންގެ ސްކޮޑް އިޢުލާންކޮށްފި




ސާފް ސުޒުކީ ކަޕުގައި
ވާދަކުރާ ރާއްޖޭގެ ގައުމީ ޓީމްގެ 20 ކުޅުންތެރިންގެ ސްކޮޑް އިޢުލާންކޮށްފިއެވެ. މާދަމާ އިންޑިޔާގެ ޓްރިވެންޑްރަމްގައި ފެށުމަށް
ހަމަޖެހިފައިވާ ސާފްސުޒުކީ ކަޕުގައި ވާދަކުރާ މި 20 ކުޅުންތެރިންގެ ތެރެއިން
ޒުވާން ކުޅުންތެރިންނަށް ވަރަށް ބޮޑަށް އިސްކަންދީފައިވާކަން ފާހަގަކޮށްލެވެއެވެ.


ފައިނަލް ސްކޮޑުގައި މާޒިއާގެ 9 ކުޅުންތެރިން ހިމެނޭއިރު ޓީސީގެ 4 ކުޅުންތެރިން، ނިއުރޭޑިއަންޓު ސްޕޯޓްސް ކުލަބްގެ 2 ކުޅުންތެރިން
އަދި ކުލަބް އީގަލްސްއާއި، ވެލެންސިއާ
ކޮންމެ ކުލަބަކުން އެއް ކުޅުންތެރިއަކު ހިމެނެއެވެ.

ފައިނަލް ސްކޮޑްގައި ހިމެނެނީ
ކުލަބް އީގަލްސްގެ އަންސަރު އިބްރާހީމް، ކޭބީޒެޓްގެ މުހައްމަދު އާރިފް،
މާޒިޔާގެ  އިމްރާން މުހައްމަދު، އަލީ ސަމޫހު، ސަމްދޫހު މުހައްމަދު، އަލީ އަމްދާން، އިސްމާއިލް
އީސާ، އަސްހަދު އަލީ، އަހުމަދު ނާޝިދު، އަސަދުﷲ
އަބްދުﷲ އަދި އަހުމަދު އިމާޒްއެވެ. ނިއުރޭޑިއެންޓުން
ފައިނަލް ސްކޮޑްގައި ހިމެނިފައިވަނީ ޝާފިއު އަހުމަދުއާ ހަމްޒާ މުހައްމަދުއެވެ. ޓީސީ ސްޕޯޓްސް ކުލަބުން ހިމެނެނީ މުހައްމަދު
އިމްރާން، އަލީ ފަސިރު، އަހުމަދު އަބްދުﷲ އަދި ހަސަން ނާއިޒްއެވެ. ކުލަބް ވެލެންސިޔާއިން
 އިބްރާހީމް އަބްދުއްﷲ،އަދި ކީޕަރު މުހައްމަދު ފައިސަލްއެވެ.

ސްކޮޑް އިޢުލާން ކުރުމަށް މިއަދު
އެފްއޭއެމްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން
އެފްއޭއެމްގެ ޖެނެރަލް ސެކެޓްރީ ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މިފަހަރުގެ ޓީމް
ނެގުމަށް ކޯޗަށް ވަރަށް އުނދަގޫވިކަމަށާ މުޅި ޓީމްގައިވެސް ތިބީ އެއްވަރުގެ
ކުޅުންތެރިންކަމަށެވެ.