ޚަބަރު

ގަލޮޅު ގެއެއްގެ އެޕާޓްމަންޓެއްގައި އަލިފާންރޯވެ ބޮޑެތި ގެއްލުންތަކެއް


ގަލޮޅު ގެއެއްގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މިހާދިސާ ހިނގާފައިވަނީ ގ. ނޫވިލު އެއްވަނަ ފަންގިފިލާގައި ހުރި ކޮޓަރިއެއްގައިކަމަށާއި، 14:58 އެހާއިރު އެކަމުގެ މައުލޫމާތު ލިބުމާއި ގުޅިގެން ފަޔަރއެންޑް ރެސްކިއު ސަރވިސުން އެތަނަށްގޮސް 15:11 އެހާކަންހާއިރު އަލިފާން ނިއްވާލާފައިވާކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި އެޕާޓްމަންޓްގައި އަލިފާންރޯވެ، ހިފާ ގެންގުޅޭ ތަކެއްޗާއި ފަރުނީޗަރުތަވެސް ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައިވާކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުލިބިފައިވާ ގޮތުގައި މިހާދިސާ ހިނގާފައިވަނީ ގޭސް ލީކުވެގެންނެވެ.