ޚަބަރު

ފިލިޕީންސް މީހާގެ ހަށިގަނޑު އާއިލާއާ ހަވާލު ކޮށްފި


މިދިޔަ މަހުގެ 19ވަނަ ދުވަހު މަރުވެފައިވާ އޮތްވާ ފެނުނު ފިލިޕީންސް އަންހެންމީހާގެ ހަށިގަނޑު އޭނާގެ ޢާއިލާއާ ހަވާލުކޮސްފިއެވެ.

އަންހެންމީހާ މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކުރި އޭނާގެ ފިރިމީހާގެ ބަންދަށް މިހާރުވަނީ އިތުރު 15 ދުވަސް ޖަހާފައެވެ.

ފުލުހުން ވިދާޅުވީ މަރުވި ފިލިޕީންސް މީހާގެ ހަށިގަނޑު އާއިލާއަށް ހަވާލު ކުރުމަށް އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ޕިލިޕީންސްއަށް ފޮނުވާލާފައިވާކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހެއްގެ ބަންދަށް އިތުރު 15 ދުވަހުގެ މުއްދަތެއް ޖަހާފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

މިދިޔަ މަހުގެ 19ވަނަ ދުވަހު މަރުވެފައިވާ އޮތްވާ ފެނުނު ފިލިޕީންސް އަންހެން މީހާ މަރުވެފައިވަނީ ދަންޖެހިގެންކަމަށް ނުބެލެވޭކަމަށާއި، އޭނާ މަރުވެފައިވަނީ މީހަކު ދިން އަނިޔާތަކެއްގެ ސަބަބުންކަމަށް ބެލެވޭކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސަށް ނިސްބަތްވާ އެނަރުސް މީހާގެ މަރާއި ގުޅިގެން ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު ފުލުހުން ވަނީ މިމަޢުލޫމާތު ހާމަކުރައްވާފައެވެ.

ދަންޖެހިގެން ނަރުސް އަންހެން މީހާ މަރުވީކަމަށްބުނެ އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ އޭނާގެ ފިރިމީހާއެވެ. އެއީ އެދުވަހު ހޮސްޕިޓަލުގައި ޑިއުޓީގައި ހުރެފައި ބްރޭކަށް ދިޔަތާ އިރުކޮޅެއް ފަހުންނެވެ. މިކަމާއި ގުޅިގެން ޝައްކު ކުރެވޭ ކަންތައްތަކެއް ހުރުމުން އޭނާގެ ފިރިމީހާ ވަނީ ހައްޔަރުކޮށްފައެވެ.