ދުނިޔެ

ދުނިޔޭގެ ބާޒާރުގައި ވިއްކާ ތެލުގެ އަގު އަނެއްކާވެސް ދަށަށް!


ދުނިޔޭގެ ބާޒާރުގައި ވިއްކާ ތެލުގެ އަގު އަނެއްކާ ވެސް ވެއްޓިއްޖެއެވެ.މިގޮތުން ބާޒާރުގައި ވިއްކާ ބްރެންޓް ކްރޫޑް ފިފާއެއްގެ އަގުވަނީ 36.05 ޑޮލަރަށް ވެއްޓިފައެވެ. މިއީ 2004 ވަނަ އަހަރުގެ ފަހުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މިހާ ދަށަށް ވެއްޓުނު ފުރަތަމަ ފަހަަރެވެ. މީގެ 18 މަސް ދުވަސްކުރިން ބާޒާރުގައި ވިއްކާ ތެޔޮ ފީފާއެއްގެ އަގު އުޅުނީ 115 ޑޮލަރުގައެވެ. ދުނިޔޭގެ ބާޒާރުގައި ވިއްކާ ތެލުގެ އަގަށް މިހާ ބޮޑު ބަދަލެއް އައިސްފައިވަނީ ތެޔޮ އުފައްދާ ގައުމުތަކުން ދުނިޔޭގައި ތެލަށް އޮންނަ ޑިމާންޑްގެ އިތުރަށް ތެޔޮ އުފައްދަމުން ދިއުން ކަމަށް މުރާސިލުން ބުނެއެވެ.ދުނިޔޭގެ ތެޔޮ އުފައްދާ ގައުމުތަކުގެ އިއްތިހާދުން އޯ.ޕެކްއިން ވަނީ އެއިއްތިހާދުގެ ގައުމުތަކުން ތެޔޮ އުފައްދާ މިންވަރު ދަށް ނުކުރާނެ ކަމަށް ބުނެފައެވެ. މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އޯ.ޕެކްގައި ހިމެނޭ 12 ގައުމުން ދުވާލެއްގެ މައްޗަށް 30 މިިލިއަން ތެޔޮ ފީފާ އުފައްދައެެވެ. މިއީ 2011 ވަނަ އަހަރު އެއިއްތިހާދުން ނިންމާފައިވާ ނިންމުމެކެވެ.