ކުޅިވަރު

ދެ މިލާންގެ ކުރިމަތިލުން އެއްވަރު


އިޓާލިއަން ލީގުގައި ރޭ އިންޓަ މިލާނާއި އޭސީ މިލާން ބައްދަލުކުރި މެޗް އެއްވަރުވެގެން ނިމިއްޖެއެވެ. މިމެޗް ނިމިފައިވަނީ އެއް ލަނޑު އެއް ލަނޑުން އެއްވަރުވެގެންނެވެ. މިމެޗުގައި އެންމެ ފުރަތަމަ ގޯލް ޖަހައި ލީޑް ނެގީ އިންޓަރ މިލާނުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗްގެ 11ވަނަ މިނެޓްގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ހަކަން ޗަނޮނޮގްލޫއެވެ.

އިންޓަރ މިލާނުން މެޗުގައި ލީޑް ނެގިނަމަވެސް އެޓީމަށް ލީގުގައި ހިފަހައްޓާލެވުނީ އެންމެ 6 މިނެޓް ވަންދެންނެވެ. މެޗްގެ 17ވަނަ މިނެޓްގައި އޭސީ މިލާނަށް މެޗްގައި އެއްވަރު ކުރި ލަނޑު ކާމިޔާބުކޮށްދިނީ އިންޓަރގެ ޑިފެންޑަރު ސްޓެފަން ޑި ވްރައި އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މެޗުގައި ދެ ޓީމަށްވެސް ގޯލް ޖެހުމަށް ރަނގަޅު ފުރުސަތު ލިބިގެންދިޔައެވެ. ނަމަވެސް އެއްވެސް ޓީމަކަށް ލަނޑެއް ޖެހޭ ގޮތެއް ނުވިއެވެ. މެޗްގެ 27ވަނަ މިނެޓްގައި ދެވަނަ ފަހަރަށް ލީޑް ނެގުމަށް އިންޓަރ މިލާނަށް ޕެނަލްޓީއެއް ލިބިގެންދިޔައެވެ. ނަމަވެސް އެޓީމުގެ ލައުޓާރޯ މާޓީނޭޒް ފޮނުވާލި ޕެނަލްޓީ ވަނީ އޭސީ މިލާންގެ ކީޕަރު ސިޕްރިއަން ޓަޓަރުސާނޫ ވަނީ މަތަކޮށްފައެވެ. މިޕެނަލްޓީއަށް ފަހުވެސް މާޓީނޭޒަށް ގޯލެއް ޖެހުމަށް ލިބުނު ފުރުސަތުގެ ބޭނުން އޭނާއަށް ހިފޭ ގޮތެއް ނުވިއެވެ.

މިމެޗް އެއްވަރުވުމުން އިޓާލިއަން ލީގު ތާވަލްގެ އެއްވަނައަށް އަރަން ލިބުނު ފުރުސަތުވަނީ އޭސީ މިލާނަށް ގެއްލިފައެވެ. ނަޕޯލީ އަދި އޭސީ މިލާއަށް 32 ޕޮއިންޓް ލިބިފައިވާއިރު، ނަޕޯލީއަށް ތާވަލްގެ އެއްވަނަ ލިބެނީ ގޯލްގެ ތަފާތުންނެވެ. 25 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައިގައި އޮތީ އިންޓަރ މިލާނެވެ.