ވިޔަފާރި

އެކްސްޕޯ މޯލްޑިވްސް 2015 މާދަމާ ފަށަނީ


އެކްސްޕޯ މޯލްޑިވްސް ދެހާސް ފަނަރަ މާދަމާ ރޭ ހުޅުވޭނެއެވެ.މިކަމަށްޓަކާ އެކްސްޕޯ މޯލްޑިވްސް 2015ގައި ބައިވެރިކުރާ ތަކެތި މަޢުރަޒު ބާއްވަވާ މާލަމުގައި އެތުރުއްވުމުގެ މަސައްކަތް ހުއްޓުމެއް ނެތި މައުރަޒުގެ ބައިވެރިންދަނީ ކުރަމުންނެވެ. މި އެކްސްޕޯ ނުވަތަ މައުރަޒް ކުރިއަށްދާ، ދަރުބާރުގޭގެ ރަންނަބަޑޭރި މާލަމުގައި ދިވެހި އުފެއްދުންތެރިކަން ދައްކުވައިދޭ ތަފާތު އެކި ސްޓޯލްތައް ބަހައްޓާފައިވެއެވެ.މިނިސްޓްރީ އޮފް އިކްނޮމިކް ޑިވެލޮޕްމަންޓުން ވިދާޅުވިގޮތުގައި މި މާލަމުގައި ގާތްގަނޑަކަށް 3500 އައިޓަމް ހުންނާނެއެވެ. މީގެ ތެރޭގައި މާލެ އާއި ރާއްޖޭގެ އެކި ސަރަޙައްދުގެ އެކި މީހުން އުފެއްދުންތައް ހިމެނެއެވެ. އަދި މީގެ ތެރޭގައި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނާއި އެފަދަ ކުދިންގެ މަސައްކަތްތައްވެސް ހިމެނެއެވެ. މިތަކެތި ދައްކާލުމަށް ދަރުބާރުގޭގައި 70 ސްޓޯލް ބަހައްޓާފައިވެއެވެ. މާދަމާރޭ މަޢުރަޒުގެ ހުރިހާ ކަމެއް ވެސް ފެނިގެންދާނެކަމަށާއި އާމުންނަށް މަޢުރަޒަށް ވަނުމުގެ ފުރުސަތު ހުޅުއްވާލައްވާނީ އަންނަ ބުދަދުވަހުން ފެށިގެން ކަމަށް މަޢުރަޒު އޮފީހުން ހާމަކުރައްވައެވެ. މިމަޢުރަޒު މަދަމާ ރެއިން ފެށިގެން 7 ދުވަހަށް ކުރިޔަށް ގެންދަވާނެކަމަށް މައުރަޒް އޮފީހުން ވިދާޅުވެއެވެ.އިކްނޮނޮމިކް މިނިސްޓްރީން ސަރުކާރުގެ ކަމާގުޅުންހުރި މުއައްސަސާތަކާ ގުޅިވަޑައިގެން ބާއްވަވާ އެކްސްޕޯ މޯލްޑިވްސް 2015 ގެ އިވެންޓް އޮގަނައިޒަރަކީ، ޕަބްލިކް ސަރވިސް މީޑިއާއެވެ.