ޚަބަރު

ސީއެސްސީގެ ދެވަނަ ސްޓްރެޓީޖިކް ޕްލޭން މިއަދު އިފްތިތާހްކޮށްފި


ކުރިއަށް އޮތް ފަސް އަހަރަށް އެކުލަވާލާފައިވާ ސިވިލްސަރވިސް ކޮމިޝަންގެ ދެވަނަ ސްޓްރެޓީޖިކް ޕްލޭން މިއަދު އިފްތިތާހްކުރައްވައިފިއެވެ.ހޮޓެލް ޖެންގައި ބޭއްވެވި ސްމިއްޔާތެއްގައި މި ޕްލޭން އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމެވެ. މި ރަސްމިއްޔާތުގައި ސިވިލް ސަރވިސް ކޮމިޝަނާއި ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓުގެ ވެބްސައިޓްގެ އިތުރުން ސިވިލް ސަރވިސްގެ ޓްރެއިނިންގ ޑައިރެކްޓްރީއާއި ޓްރެއިނިންގ ޕޮލިސީވެސް ވަނީ އިފްތިތާޙުކުރައްވާފައެވެ.ސިވިލްސަރވިސް ކޮމިޝަނުން ވިދާޅުވީ ކުރިމަގުގައި ސިވިލް ސަރވިސް ބައްޓަންކުރެވިގެންދާނޭ ގޮތާއި ސިވިލް ސަރވިސްގެ ކުރިއެރުމާއި ތަރައްޤީއަށް މަސައްކަތްތައް ރޭވިގެންދާނޭގޮތް ބަޔާންކުރައްވާފައިވާ ސްޓްރެޓީޖިކް ޕްލޭން 2016-2020، ބަހާލެވިފައިވަނީ މައިގަނޑު ފަސް އަމާޒެއްގެ މައްޗަށްކަމަށެވެ. މި ސްޓްރެޓީޖިކް ޕްލޭނަށް އަމަލުކުރައްވަން ފައްޓަވަނީ އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.މި ޕްލޭންގައި ސަރުކާރުގެ އިދާރާތަކުން ފޯނު ނުނެގުމާއި އަވަސް ޖަވާބެއް ނުލިބުން ފަދަ މައްސަލަތަކަށް ހައްލު ގެނައުމަށް ކަނޑައަޅުއްވާފައިވެއެވެ. އަދި ސިވިލް ސަރވެންޓުންނަށް މަތީ ތައުލީމުގެ ފުރުސަތުތަކަށް ލޯނު ހޯދެއްވުމުގެ އިތުރަށް ސިވިލް ސަރވިސް ޓްރޭނިން އިންސްޓިޓިއުޓް ތަރައްގީ ކުރުމަށް އާ އިމާރާތެއް ލިބޭތޯ މަޝްވަރާ ކުރަވަމުން އަންނަ ކަމަށްވެސް އެކޮމިޝަނުން ވިދާޅުވެއެވެ.