ޚަބަރު

އަންނަ ޖުލައި މަހު ހުޅުމާލެ ދެވަނަ ފިޔަވަހިން ބިންވިއްކަން ފަށަނީ


އަންނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި ހުޅުމާލެ ދެވަނަ ފިޔަވަހިން ބިން ވިއްކަން ފަށާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން އެޗްޑީސީން ހާމަކުރައްވައިފިއެވެ.އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ސައިމަން ވިދާޅުވީ، ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ގަންނަން ބޭނުންވާ ފަރާތްތަކަށް ޖުލައި މަހު އެ ފުރުސަތު ހުޅުވާލައްވާނެ ކަމަށާއި، އެންމެ ފުރަތަމަ ބިން ވިއްކުމަށް ނިންމަވާފައިވަނީ، ފުރަތަމަ ފިޔަވަށްސާ ކައިރިން ކަމަށެވެ. އަދ ބިން ވިއްކުމުގެ އެންމެ ފަހުގެ މަޝްވަރާތައް މިހާރު ސަރުކާރާއެކު ކުރައްވަމުން އަންނަ ކަމަށް ސައިމަން ވިދާޅުވިއެވެ." ސަރުކާރާއެކުކުރާ މަޝްވަރާތައް ނިމި ޖުލައި މަހު ބިން ވިއްކަން ފެށުމަށް ތައްޔާރުވަމުން މިދަނީ. ތިން ނެއިބަރހުޑް ވަކިން ތަރައްޤީކުރާއިރު، ތިން ނެއިބަރހުޑްއިން ބިން ވިއްކާނީ ވަކިން" ސައިމަން ވިދާޅުވިއެވެ. ތިން ނެއިބަރހުޑަކަށް ބަހާލައިގެން ހުޅުމާލެ ދެވަނަ ފިޔަވަހި ތަރައްގީކުރާއިރު، ބިން ވިއްކުމަށް ހަމަޖެހިފައިވަނީ ކޮންމެ ނެއިބަރހުޑެއްވެސް ވަކިން ކަމަށް ސައިމަން ވިދާޅުވިއެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގައި އެކި ފަންތީގެ ގާތްގަނޑަކަށް 25،000 ހައުސިން ޔުނިޓް އެޅުމަށް ހަމަޖެހިފައިވެއެވެ. ދެވަނަ ފިޔަވަހީގައި އަޅާ އެންމެ ފުރަތަމަ ހައުސިން ޔުނިޓްތަކުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީވެސް އަންނަ އަހަރުގެ ޖުލައިމަހުގެ ތެރޭގައެވެ.