ކުޅިވަރު

ބެޓިސް ބަލިކޮށް އެތުލެޓިކޯ ހަތަރަކަށް


ސްޕެނިޝް ލަލީގާގައި އެންމެފަހުގެ ޗެމްޕިއަން އެޓްލެޓިކޯ މެޑްރިޑާއި ރެއާލް ބެޓިސް ބައްދަލުކުރިމެޗް އެޓްލެޓިކޯ ކާމިޔާބުކޮށްފިއެވެ.

އެޓްލެޓިކޯގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 3 ލަނޑު ސުންލަނޑުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ އެޓްލެޓިކޯއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 26 ވަނަ މިނެޓްގައި ޖަހާދިނީ ޔަނިކް ކަރެސްކޯއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑަކީ ބެޓިސްގެ ޖަރމަން ޕެޒެއްލާއަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ފަހު ލަނޑު މެޗްގެ 80 ވަނަ މިނެޓްގައި ޖަހާދިނީ ޖާއޮ ފީލިކްސްެެއެވެ.

މިކާމިޔާބީއާއެކު އެޓްލެޓިކޯ އުޅެނީ ކުޅުނު 11 މެޗުން ލިބިފައިވާ 22 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ. އަދި ބެޓިސް އުޅެނީ 12 މެޗުން ލިބިފައިވާ 21 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައިގައެވެ. މިވަގުތު ތާވަލްގެ އެއްވަނައިގާ އުޅެނީ 12 މެޗުން 25 ޕޮއިންޓް ލިބިފައިވާ ރެއާލް ސޮސިއެޑާޑްއެވެ.