ޚަބަރު

އެކްސްޕޯ 2015: އެންމެފަހުގެ ތައްޔާރީތައް ދަނީ ކުރިއަށް


ދިވެހިންގެ އުފެންދުންތެރިކަން ދައްކައިދޭ އެންމެ ބޮޑު މަޢުރަޒުކަމުގައިވާ އެކްސްޕޯ މޯލްޑިވްސް 2015 ފެއްޓެވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަރުބާރުގެ އާއި ދަރުބާރުގެ ހިމެނޭ ސަރަޙައްދުގައި ކުރިޔަށް އެބަގެންދަވައެވެ. މި މަޢުރަޒް އިންތިޒާމްކުރައްވަނީ، މިނިސްޓްރީ އޮފް އިކެނޮމިކް ޑިވެލޮޕްމަންޓުން އިސްނަންގަވައިގެން ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކާ ގުޅިވަޑައިގެނެވެ. މަޢުރަޒުގެ އިވެންޓް މެނޭޖްކުރަނީ ޕަބްލިކް ސަރވިސް މީޑއާގެ ފަރާތުންނެވެ. މަޢުރަޒު ހުޅުއްވުމުގެ ތައްޔާރީތަކުގެ ތެރެއިން މިވަގުތު އެންމެ ބޮޑަށް ކުރިޔަށްދަނީ މަޢުރަޒަށް އުފެއްދުންތެރިން ހުށަހަޅާފައިވާ ތަކެތި ޖަޖުކުރެއްވުމާއި އެތަކެތި މަޢުރަޒުގައި ފެންނާނޭހެން ބެހެއްޓެވުމުގެ އިންތިޒާމްކުރެއްވުމުގެ މަސައްކަތެވެ.އެކްސްޕޯ މޯލްޑިވްސްގެ ޗެއަރމަން އިކްނޮމިކް މިނިސްޓަރގެ ނާއިބު ޢަބްދުﷲ މުޙައްމަދު، ޕީއެސްއެމް ނިވްސްއަށް ދެއްވު އިންޓަރވިއުއެއްގައި ވިދާޅުވީ އެކްސްޕޯއަށް ހުށަހެޅިފައިވާ ތަކެއްޗަށް އިންސާފު ކުރައްވާއިރު އެންމެ ބޮޑަށް ފާހަގަކުރެވެނީ، ދިވެހިންގެ އުފެއްދުންތައް ތަރައްޤީވެގެން އައިފައިވާ މިންވަރުކަމަށެވެ. އަދި ވަރަށް ތާފާތު އެކި އުފެއްދުންތައް އުފައްދާފައި އެބަހުރިކަންވެސް އޭނާ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އަބުދުﷲ މުހައްމަދު ވިދާޅުވީ އެކްސްޕޯއިން މި ފެނުނު އުފެއްދުންތައް މިޒަމާނުގެ މެޝިނަރީ ބޭނުންކޮށްގެން އުފައްދައި ބާޒާރަށް ނެރެން އެބަޖެހޭކަމަށާއި ސަރުކާރުގެ މަޤްޞަދަކީ އެމަގު އުފެއްދުންތެރިންނަށް ތަނަވަސްކޮށްދެއްވައި، ފުރުޞަތުތައް ހޯއްދަވައިދެއްވުން ކަމަށެވެ.މި ފަހަރުގެ މަޢުރަޒުގައި އިންސާފުކުރުމުގެ ބައިގެ ތެރެއިން މިހާރު ނުނިމި ވަނީ ދިވެހި ރަހަތަކުގެ ބައިކަމަށްވެސް މައުރަޒު އިންތިޒާމް އޮފީހުން ހާމަކުރައްވައެވެ. އަދި މަޢުރަޒުގެ އެއް ގިންތިންކަމުގައިވާ ސަޤާފީ ކުޅިވަރުތަކުގެ ބައިން ޖަޖުކުރެއްވުމަށް ކައިރި ރަށްރަށަށް ފަނޑިޔާރުން ވަޑައިގެން، އިންސާފް ކުރައްވާފައިވާކަމަށް ވެސް ޢަބުދުﷲ މުޙައްމަދު ވިދާޅުވިއެވެ. އަދި މުޅި މައުރަޒުގެ އިންސާފު ކުރުމުގެ ބައިގެ ތެރެއިން އެންމެ ބައެއް ފިޔަވާ އެހެން ހުރިހާ ބައެއް މިހާރު ވަނީ އިންސާފުކުރައްވައި ނިމިފައިވާކަމަށްވެސް ޢަބުދުﷲ މުޙައްމަދު ވިދާޅުވިއެވެ.އެކްސްޕޯގައި ބައިވެރިކުރި ތަކެތި ބެހެއްޓުމަށްޓަކައި ދަރުބާރުގެއާއި އުސްފަސްގަނޑު ދަނީ ތައްޔާރުކުރަމުނެވެ. މައުރަޒުގައި ސްޓޯލްތައް ނަގާފައިވާ މީހުން، އެމީހުންގެ ސްޓޯލް ޒީނަތްތެރިކުރުމުގެ މަސައްކަތް މިއަދު އިރުއޮއްސި ހައެއްޖެހުމުގެ ކުރިން ނިންމަން ޖެހޭނެކަމަށް ވެސް މައުރަޒު އޮފީހުން ވިދާޅުވެއެވެ.  އެކްސްޕޯ މޯލްޑިވްސް 2015 ބޭއްވެވުމަށް ހަމަޖެހިފައިވަނީ  މިމަހުގެ 22ހުން ފެށީގެން 28 ވީހުގެ ނިޔަލަށެވެ. މިއީ، ދިވެހި އުފެއްދުންތެރިކަން ކުރިއަރުވައި އެފަދަ އުފެއްދުންތަކަށްބާޒާރު ހޯދައިދީ، އުފެއްދުންތެރިންނަކީ މަންފާހުރި ވިޔަފާރިވެރިންނަށް ހައްދަވައިދެއްވުމަށް ބާއްވަވާ މަޢުރަޒެކެވެ.