ކުޅިވަރު

މައި ހުޅުމާލެ ވޮލީބޯލް ކޭމްޕް ފަށަނީ


"މައި ހުޅުމާލެ ވޮލީބޯލް ކޭމްޕް" ގެ ނަމުގައި ކުޑަކުދިންނަށް ޚާއްސަ ކޭމްޕެއް ބާއްވަން ނިންމައިފިއެވެ. މިކޭންޕަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ވޮލީބޯލް އެސޯސިއޭޝަން (ވީއޭއެމް) އަދި ޕޮލިސް ކްލަބް ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޭންޕެކެވެ. މިއަންނަ މަހުގެ 11 އިން 18އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިކޭންޕުގައި ވޮލީގެ ބޭސިކް ކިޔައިދިނުމާއި، ވޮލީ ކުޅުމުގައި ދަސްކުރަންޖެހޭ މުހިންމު ކަންތައްތަކުގެ އިތުރުން ވޮލީގައި ކުރިއަށް ދިއުމަށް ބޭނުންވާ މުހިންމު ކަންކަން ދަސްކޮށް ދިނުމަށްވަނީ ހަމަޖެހިފައެވެ. މިކޭންޕުގައި ބައިވެރިވެވޭނީ އުމުރުން 12 އަހަރާއި 15 އަހަރާއި ދެމެދުގެ ކުދިންނަށެވެ.

އަންހެން އަދި ފިރިހެން އެއްކޮށްލައިގެން 80 ކުދިންނަށް ކޭންޕުގައި ފުރުސަތު ދިނުމަށް ނިންމާފައިވާއިރު، މިކޭންޕުގައި ބައިވެރިވުމަށް މިހާރުވަނީ ފުރުސަތު ހުޅުވާލެވިފައެވެ. އަދި ކޭންޕުން ފުރުސަތު ދިނުމަށް ހަމަޖެހިފައިވަނީ 40 އަންހެން ކުދިންނާ އަދި ފިރިހެން 40 ކުދިންގެ ތެރެއިން އެންމެ ފުރަތަމަ ފޯމް ހުށައަޅާ ކުދިންނަށެވެ. ގިނަ ހަރަކާތްތަކާއެކު މިފަހަރުގެ ކޭންޕު ކުރިއަށް ގެންދާއިރު އެއް ދުވަހުގެ މުބާރާތެއްވެސް ކުރިއަށްދާނެއެވެ.

ގިނަ ބައެއްގެ އެހީތެރިކަމާއެކު "މައި ހުޅުމާލެ ވޮލީބޯލް ކޭމްޕް" ގައި ބައިވެރިވުމަށް އެދޭފޯމް އެޗްޑީސީ އޮފީހުން ލިބެން ހުންނާނެއެވެ. އަދި އޮންލައިންކޮށްވެސް ފޯމް ހުށައެޅުމުގެ ފުރުސަތު އޮންނާނެއެވެ.