ކުޅިވަރު

ނެޓްސް އާއި ޕޭސަރސް ބައްދަލުކުރިމެޗް ނެޓްސް ކާމިޔާބުކޮށްފި


އެން.ބީ.އޭ. ބާސްކެޓްބޯޅަ މުބާރާތުގައި ބްރޫކްލިން ނެޓްސް އާއި އިންޑިއާނާ ޕޭސަރސް ބައްދަލުކުރިމެޗް ނެޓްސް ކާމިޔާބުކޮށްފިއެވެ. މިމެޗް ނެޓްސް ކާމިޔާބުކުރީ 105 ޕޮއިންޓް 98 ޕޮއިންޓުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 29 ޕޮއިންޓް ހޯދައިދީ 8 ރީބައުންޑް ނަގާ 8 އެސިސްޓް ދިން ޖޭމްސް ހާޑެންއެވެ. ޕޭސަރސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 28 ޕޮއިންޓް ހޯދައިދީ 11 ރީބައުންޑް ނަގައިދިން ޓޮރޭ ކްރެއިގްއެވެ.
މިމުބާރާތުގައި މައޭމީ ހީޓާއި ޗާލެޓް ހޯނެޓްސް ބައްދަލުކުރިމެޗް 114 ޕޮއިންޓް 99 ޕޮއިންޓުން ކާމިޔާބުކުރީ ހީޓެވެ. މިމެޗްގައި ހީޓަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 32 ޕޮއިންޓް ހޯދައިދީ 10 ރީބައުންޑް ނަގައިދިން ޖިމީ ބަޓްލަރއެވެ. ހޯނެޓްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 23 ޕޮއިންޓް ހޯދައިދީ ހ ރީބައުންޑް ނަގައިދިން ގޯޑަން ހޭވަރޑްއެވެ.

މީގެއިތުރުން ލޮސް އެންޖަލިސް ލޭކަރސް އާއި ކްލީވްލަންޑް ކެވެލިއަރސް ބައްދަލުކުރިމެޗް 113 ޕޮއިންޓް 101 ޕޮއިންޓުން ކާމިޔާބުކުރީ ލޭކަރސްއެވެ. މިމެޗްގައި ލޭކަރސްގެ ލެބްރޮން ޖޭމްސްވަނީ 26 ޕޮއިންޓް ހޯދައިދީ 8 އެސިސްޓް ކޮށްފައެވެ. އަދި ކެވެލިއަރސްގެ އިވާން މޮބްލޭ ވަނީ 23 ޕޮއިންޓް ހޯދައިދީ 6 ރީބައުންޑް މިމެޗްގައި ނަގައިދީފައެވެ.