ތަޢުލީމު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޤްރުއާން ކިޔަވައިދެނީ


ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޤުރުއާން ކިޔަވައިދޭ ކުލާސްތަކެއް މިފެށޭ ދިރާސީ އަހަރު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.އިސްލާމިކް މިނިސްޓްރީގެ އިސްނެންގެވުމުގެ މަތިން ކުރިއަށް ގެންދަވާ މި ޕްރޮގްރާމް ކުރިއަށް ގެންދަވަނީ ކީރިތި ގުރުޢާނާއި ބެހޭ މަރުކަޒާއި ޖެންޑަރ މިނިސްޓްރީ ގުޅިގެންނެވެ.ޖެންޑަރ މިނިސްޓްރީ ހިންގެވުމާއި ހަވާލުވެ ހުންނެވި، ބަންޑާރަ ނައިބް އަލްއުސްތާޒް މުހައްމަދު އަނިލް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެކި ދާއިރާތަކުން ދޭ ޚިދުމަތްތައް ފުޅާކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށެވެ. އެގޮތުން ތަޢުލީމީ ދާއިރާއިން އެފަރާތްތަކަށް ވެދެއްވެން ހުރީ ކޮންކަހަލަ އެހީތަކެއްތޯ ބައްލަވައި، އެ އެހީތައް ފޯރުކޮށްދެއްވުމުގެ މަސައްކަތް ކުރައްވާ ކަމަށެވެ. ބަންޑާރަނައިބް ވިދާޅުވީ ގުރުޢާން ކްލާސްތައް ހިންގަވާނީ އެކި ފަރާތްތަކުގެ ހުންނަ ނުކުޅެދުންތެރިކަމަށް ޚާއްސަ ކުރައްވައިގެން ވަކި ވަކި ކްލާސްތަކުގެ ގޮތުގައި ކަމަށެވެ.