ޚަބަރު

ކުރީގެ ޖެންޑަރ މިނިސްޓަރ ޒެނީޝާއާއަށް ދަޢުވާކުރަން ފޮނުވައިފި


ކުރީގެ ޖެންޑަރ މިނިސްޓަރ ޒެނީޝާ ޝަހީދު ޒަކީއާއި، ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން (އެފްސީޕީ)ގެ ވެރިޔާ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރުގެ މައްޗަށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވައިފިއެވެ.

އެޗްއާރުސީއެމްއިން ބުނެފައިވަނީ ކުޑަކުދިންގެ ހިޔާއާއި ގުޅުންހުރި މައްސަލަތަކެއް ތަހުގީގުކޮށް އެމައްސަލާގައި ދަޢުވާކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާކަމަށެވެ. މިމައްސަލާގައި ފޮނުވާފައިވާ ލިޔެކިޔުންތަކާ ގުޅިގެން ޕީޖީ އޮފީހާ މަޝްވަރާ ކުރެވެމުންދާކަމަށްވެސް އެޗްއާރުސީއެމްއިން ވަނީ ބުނެފައެވެ. ނަމަވެސް މިމައްސަލާގައި ދައުވާކުރަން ފޮނުވި މީހުންގެ ނަމެއްވެސް އަދި އަދި މައްސަލައިގެ ތަފްސީލެއްވެސް ދެއްވާފައި ނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޒެނީޝާއާއި، ބަޝީރަށް ދައުވާ ކުރުމަށް ފޮނުވާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކުޑަކުދިންގެ ހިޔާގައި ހިނގި ހަމަނުޖެހުމާ ގުޅިގެން ހަމަނުޖެހުން ކޮންޓްރޯލް ކުރުމަށް ބައެއް ކުދިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިއުމުގައި ޤާނޫނާ ޚިލާފް ކަންތައްތަކެއް ކުރުމުންނެވެ. ކުދިން ގެންދިއުމަށްފަހު ދިމާވި އެކި މައްސަލަތައްވެސް ތަހުގީގުން ވަނީ ފާހަގަކޮށްފައެވެ.

މިމައްސަލާހައި ޕީޖީ އޮފީހުން ވިދާޅުވީ އެޗްއާރުސީއެމްއިން ފޮނުވާފައިވާ މައްސަލަ އެއޮފީހުން ދިރާސާ ކުރަމުންދާކަމަށެވެ. އަދި އަންނަ ހަފްތާގައި މިމައްސަލާގައި ގޮތެއް ނިންމާނެކަމަށެވެ. ޕީޖީ އޮފީހުންވެސް މިމައްސަލާގައި ދައުވާ ކުރަން ފޮނުވި މީހުންގެ މައުލޫމާތެއް ހާމަކޮށްފައި ނުވެއެވެ.