މުނިފޫހިފިލުވުން

" މޯލްޑިވިއަން އައިޑަލް "ގެ ތިއޭޓަރ އޮޑިޝަން ފަށަނީ


ފްރެންޗައިޒް އުޞޫލުން ރާއްޖޭގައި
ބާއްވާ އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް"ގެ ތިއޭޓަރ
އޮޑިޝަން ބޭއްވުމުގެ ތައްޔާރީތައް ފަށައިފިއެވެ.



ފްރެންޗައިޒް އުސޫލުން ރާއްޖޭގައި
ބާއްވާ އެންމެ އަގު ބޮޑު ރިއަލިޓީ ޝޯވ "މޯލްޑިވިއަން އައިޑަލް"ތިއޭޓަރ
ރައުންޑް އދ. ދަނގެތީގައި ބޭއްވުމުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ދަނީ
ކުރަމުންނެވެ.



މި ރައުންޑް ބޭއްވުމަށްޓަކައި
ޕީއެސްމްގެ ޓީމްގެ މިހާރު ވަނީ އެ ރަށަށް ގޮސްފައެވެ. ޕީއެސްއެމްގެ ޓީމް އެރަށަށް
ދިއުމުން، ޓީމަށް އެރަށުން ވަނީ ހޫނު މަރުޙަބާއެއް ކިޔާފައެވެ. މޯލްޑިވިއަން
އައިޑަލްގެ ދަނގެތީގައި ކުރިއަށްގެންދާ ތިއޭޓަރ ރައުންޑްގައި ޕީއެސްއެމްގެ ފަރާތުން
އެންމެ އިސްކޮށް ހަރާކާތެރިވާނީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިމިނަތު ޝާޔަން
ޝާހިދާއި، އިންޑިއަން އައިޑަލް ޖޫނިއަރ ޝޯވގެ ކްރިއޭޓިވް ޑައިރެކްޓަރ ޝަތިޝްދަތެވެ. 


"މޯލްޑިވިއަން އައިޑަލް" ތިއޭޓަރ އޮޑިޝަން އ.ދ ދަނގެތި ބޭއްވުމަށް ހަމަޖެއްސިތީ
އެކަމާއި އުފާކުރާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ. އަދި މިއީ އެރަށަށް
ލިބިގެންދިޔަ ފަޚްރެއްކަމަށްވެސް ކައުންސިލުން ފާހަގަކުރެއެވެ. އަދި ތިއޭޓަރ
ރައުންޑް ބޭއްވުމަށް އެރަށުގައި ޒީނަތްތެރިކުރުމުގެ މަސައްކަތްވެސް އެރަށު ރައްޔިތުން
ވަނީ ކުރިއަށްގެންގޮސްފައެވެ.


މޯލްޑިވިއަން އައިޑަލްގެ އޮޑިޝަންތައް ކުރިއަށްދާނީ 3 ބަޔަކަށް ބަހާލައިގެނެވެ. ފުރަތަމަ ބޭއްވީ  އޯޕަން އޮޑިޝަނެކެވެ. މިއޮޑިޝަން ވަނީ ރާއްޖޭގެ 5
ސަރަޙައްދެއްގައި ބާއްވައިފައެވެ.  އެގޮތުން
މިހާރު ކުރިއަށްގެންދިއުމަށް ތައްޔާރުވަމުންދާ ތިއޭޓަރ އޮޑިޝަންގައި އެހެން އޮޑިޝަނާއި
ޚިލާފަށް މިއުޒިކާއެކު ބައިވެރިންނަށް ހުނަރު ދައްކާލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
މޯލްޑިވިއަން އައިޑަލް ފެށުމަށް ބާއްވާ ގްރޭންޑް އިވެންޓް ނުވަތަ "ގާލާ
ޝޯވ" އަށް ދަތުރުކުރާ ބައިވެރިން ކަނޑައަޅާނީ 3 ވަނައަށް ބާއްވާ ޕިއާނޯ
ރައުންޑުންނެވެ.