ޚަބަރު

ބޮޑެތި ކުންފުނިތަކަށް، ސަރުކާރުގެ ސޮވެރިން ގެރެންޓީދޭން ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި


ދިވެހި ރާއްޖޭގެ އިޤްތިސާދަށް މުހިންމު، ބޮޑެތި ކުންފުނިތަކަށް ފަސޭހަކަމާއެކު ސަރުކާރުގެ ސޮވެރިން ގެރެންޓީ ހަމަޖެހޭނެ އުސޫލު ޤާއިމްކުރުމަށް ކާށިދޫ ދާއިރާގެ މެމްބަރު ޢަބްދުﷲ ޖާބިރު ހުށަހެޅި މައްސަލަ މަޖީލީހުން ބޭރުކޮށްލައިފިއެވެ.

ޖާބިރުގެ މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވަނީ 15 ވޯޓުންނެވެ. ބަލައި ގަންނަން ވޯޓު ދިނީ 11 މެމްބަރުންނެވެ. އޭނާ ހުށަހެޅި މައްސަލާގައި ބުނެފައިވަނީ ރާއްޖޭގެ އިޤްތިސާދަށް ތިޔާގިކަން ގެންނަ ބޮޑެތި ވިޔަފާރިތަކުން ބޭނުން ކުރަމުންދާ ގިނަ ބިންތަގެ މިލްކުވެރިކަން ދިވެރި ސަރުކާރުގެ އަތުގައިއޮވެ، ކޯވިޑް-19ގެ ސަބަބުން، ދިވެހި ރާއްޖޭގައި ހިނގަމުން ދިޔަ ވިޔަފާރީގެ ބޮޑެތި ޕްރްޖެކްޓްތަށް ހުއްޓިފައިވާކަމަށެވެ.

ދިވެހިރާއްޖޭގައި އިންވެސްޓްކޮށްގެން ތިބި ވިޔަފާރިވެރިންނާއި، ދިވެހި އެތަކެއް ރައްޔިތުންގެ ބަނޑުފުރާނަ މުއްތިކުރުމާއި ގުޅިފައިވާ ކުންފުނިތަކަށް، ފޫނުބެއްދޭވަރުގެ ގެއްލުންވަމުންދާއިރު، އަދި އިތުރަށް އިޤްތިސާދަށް ގެއްލުންދެނިވި އުސޫލުން ސަރުކާރުގެ ޢަމަލުތަށް ހުރި ހިނދު، ދިވެހި ސަރުކާރާއިކާއިއެކު ވެފައިވާ އެއްބަސްވުމަކަށް އެކަނި ބަލައިގެން، ބޭންކުތަކުން ޕްރައިވެޓް ކުންފުނިތަކަށް ލޯނުދޭން ޖެހިލުންވާ ކަމެއްކަމުގައެވެ.

މިހާލަތުގައި ފައިނޭންސް ހޯދުން ނިހާޔަތަށް އުނދަގޫވެ، ރާއްޖެއިން ބޭރުން ފައިނޭންސް ހޯދުން ނޫންގޮތެއް، ދިވެހި ކުންފުނިތަކަށް ނެތިފައި އޮތްހިނދު، އިގްތިސާދީގޮތުން އުނދަގޫ ދަނޑިވަޅުން އަރައިގަތުމަށްޓަކައި މީގެ ކުރިންވެސް ދިވެހި ސަރުކުރުން ކަންކުރަށްވާފައިވާ ފަދައިން، ރަހުނުގެ ގޮތުގައި އަގުބޮޑެތި މުދާ ބެހެއްޓުމުގެ ގާބިލިއްޔަތު ހުރި، އަދި އެހެންވެސް ޝަރުތުތަށް ފުރިހަމަވާ ޕްރައިވެޓް ކުންފުނި ތަކަށް، ފަސޭހަކަމާއިއެކު ދިވެހި ސަރުކާރުގެ ސޮވެރިން ގެރެންޓީ ހަމަޖެހޭނެ އުސޫލު ޤާއިމް ކުރުމަށް، މިމައްސަލާގައި ބުނެފައިވެއެވެ.