ކުޅިވަރު

އިންޓަ އޮފީސް ޗެސް ޗެމްޕިއަންޝިޕްގެ ޗެންޕިއަންކަން އެމްޕީއެލްއަށް


ތިންވަނަ އިންޓަ އޮފީސް ޗެސް ޗެމްޕިއަންޝިޕްގެ ޗެންޕިއަންކަން އެމްޕީއެލް ހޯދައިފިއެވެ. އެމްޕީއެލް މިމުބާރާތުގެ ޗެންޕިއަންކަ ހޯދާފައިވަނީ ސްޓެލްކޯ އާއި ވާދަކޮށް މެޗް ކާމިޔާބުކޮށްގެންނެވެ. މިމުބާރާތުގެ ތިންވަނަ ހޯދާފައިވަނީ ޕޮލިސް ކުލަބުންނެވެ.

އެހެން އަހަރުތަކާ ޚިލާފަށް މި އަހަރުގެ މުބާރާތުގައި ބައިވެރިވި ކުޅުންތެރިންގެ އަދަދުވަނީ އިތުރުވެފައެވެ. މިމުބާރާތް ކުރިއަށް ގެންގޮސްފައިވަނީ އޯޕަން ކެޓަގަރީއަށެވެ. މިފަހަރުގެ މިމުބާރާތުގައި އަންހެން ކެޓަގަރީއެއްވެސް ހިމަނާފައިވެއެވެ. ނަމަވެސް އަންހެން ކެޓަގަރީ ކުރިއަށް ނުދިޔައީ އެބައިގައި ބައިވެރިބވެފައިވަނީ ގިޔާސުއްދީން ސްކޫލްއިން އެކަނިކަމަށްވާތީއެވެ. އެހެންކަމުން ގިޔާސުއްދީން ސްކޫލްގެ އަންހެން ކުޅުންތެރިންވަނީ އޯޕަން ކެޓަގަރީގައި ވާދަކޮށްފައެވެ. ޗެސް އެސޯސިއޭޝަނުން ބުނީ މިއީ އަންހެން ކުޅުންތެރިންގެ ޓީމެއް އޯޕަން ކެޓަގަރީގައި ވާދަކޮށްފައިވާ ފުރަތަމަ ފަހަރުއެވެ. އެހެން ޓީމުތަކުން އޯޕަން ކެޓަގަރީގައި ވާދަކޮށްފައިވަނީ އަންހެން ކުޅުންތެރިންނާއި ފިރިހެން ކުޅުންތެރިން މިކްސްކޮށެވެ.

މި އަހަރުގެ އިންޓަ އޮފީސް ރާޒުވާ މުބާރާތުގައި 18 އޮފީހަކުން 100 އަށްވުރެ ގިނަ ކުޅުންތެރިން ވަނީ ބައިވެރިވެފައެވެ. އަދި އެންމެ މޮޅު 12 ބޯޑުވެސް ހޮވުމަށްވަނީ ހަމަޖެހިފައެވެ.