ޚަބަރު

އީޔޫގެ ޤަރާރަކީ ލިބުނު ކާމިޔާބީއެއް- މެންބަރު ޞައުދު


ޔޫރަޕިއަން ޔޫނިއަންގެ ޕާލިމަންޓުން ފާސްކުރި ޤަރާރަކީ މިއަދުގެ ސަރުކާރަށް
ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިނގިލީ
ދާއިރާގެ އިއްޒަތްތެރި މެންބަރު ޞައުދު ޙުސައިން ވިދާޅުވެއްޖެއެވެ.



ޓިވީއެމުން ރޭ ގެނެސްދިން ރާއްޖެ މިއަދުގެ ޚާއްސަ ޕްރޮގްރާމުގައި
ވާހަކަފުޅުދައްކަވަމުން މެންބަރު ޞައުދު ޙުސައިން ވިދާޅުވީ މިޤަރާރުގެ ސަބަބުން
ކުރިޔަށްއޮތްތާނގައި ޑިމޮކްރަސީ ހަރުދަނާ ކުރުމަށްޓަކައި އަޅަންޖެހޭ މުހިއްމު
ރަނގަޅު ފިޔަވަޅުތައް ސަރުކާރަށް އެޅިގެންދާނެ ކަމަށެވެ. އެހެންނަމަވެސް
މިޤަރާރުގައި ހުރި ރާއްޖެއާ ނުގުޅޭ ކަންތައްތައް ސަރުކާރުން ޤަބޫލު
ނުކުރައްވާނެކަމަށް ސައުދު ވިދާޅުވިއެވެ.



ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ދިވެހިރާއްޖޭގައި އިސްލާމީ ޝަރީއަތް ތަންފީޒު
ކުރެއްވުމަށްޓަކައި، ވަރަށް ބާރުއަޅުއްވާކަން ފާހަގަކުރައްވާ، މެންބަރު ޞައުދު
ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން މިޤައުމު އަމާންކުރެއްވުމަށްޓަކައި އަދި
މިޤައުމުގައި އިސްލާމްދީން ދެމެހެއްޓުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތަކެއް
ކުރައްވަމުން ގެންދަވާ ކަމަށެވެ. އީޔޫގެ ޕާލަމަންޓުން ފާސްކުރި ޤަރާރުގެ މައްޗަށް
އަލިއަޅުވާލައްވަމުން މެންބަރު ޞައުދު ވިދާޅުވީ ދިވެހިރާއްޖެއަކީ އުއްމީދީ
ޤައުމެއް ކަމަށެވެ.