ޚަބަރު

އޭދަފުށީގައި ފުޓްބޯޅަ ކުޅެން ހުއްޓާ ވެއްޓުނު ފުލުހުންގެ މީހާ ނިޔާވެއްޖެ


އޭދަފުށީގައި ފުޓުބޯޅަ ކުޅެން ހުއްޓާ ވެއްޓުނު ފުލުހުންގެ މީހާ އައިޖީއެމްއެޗުގައި ފަރުވާދެމުންދަނިކޮށް ނިޔާވެއްޖެއެވެ.

ނިޔާވީ ފުލުހުންގެ ނޯތު ޑިވިޝަނުގެ ކޮމާންޑަރެއްގެ ގޮތުގައި ހުރި ބ.ހިތާދޫ އުރަހަ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިސްމާލް ނަދީމެވެ. ނަދީމް ނިޔާވީ ބ.އޭދަފުށީގައި ހުންނަ ސަރުކާރު އޮފީސްތަކާ ކުންފުނިތަކަށް ހުޅުވާލައިގެން ބާއްވަމުން އަންނަ ހަށިހެޔޮ ފުޓްސަލް މުބާރާތް ހުޅުވި މެޗްގައި ކުޅެންހުއްޓާ ދަނޑުމައްޗައް ވެއްޓުމާގުޅިގެން ބ.އަތޮޅު ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު، މާލެ ގެނެސް އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށްށެވެ.

މައުލޫމާތު ލިބޭ ގޮތުގައި ނަދީމް ނިޔާވީ ސްޓްރޯކެއް ޖެހިގެންނެވެ. އަދި ނަދީމަކީ ހިތުގެ ބަލި ހުންނަމީހެއްކަމަށާ، އޭނާއަށް ފުޓްބޯޅަ ކުޅުމާއި އެނޫންވެސް އެފަދަ ވަރުބަލިވާފަދަ ކުޅިވަރުތައް ކުޅުން މަނާކޮށްފައި އޮންނަކަމަށް މެޑިކަލް ރިޕޯޓްތަކުން ދައްކާކަމަށް މައުލޫމާތުލިބެއެވެ.

ޕޮލިސްޓީމުގެ ގޯލަކީޕަރަކަށްހުރި ނަދީމް ނިޔާވީ މިއަދު އޮރުއޮއްސި ހަތެއްޖަހާއެހާކަށް ހާއިރުއެވެ.