ކުޅިވަރު

ހަމްޒާއަށް އަނިޔާވެ ކުޅުމާއި ދުރަށް


އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމްގެ ފުރަތަމަ ގޯލް ކާމިޔާބުކޮށް، މުބާރާތުގައި މޮޅު ކުޅުމެއްދެއްކި ހަމްޒާ މުޙައްމަދަށް އަނިޔާވެ ދެ ހަފްތާއަށް ކުޅުމާއި ދުރަށް ދާންޖެހިއްޖެއެވެ. ހަމްޒާއަށް އަނިޔާވެފައިވަނީ ނިގެންދިޔަ އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ރާއްޖެއިން ލީގް ބުރުގެ ފަހު މެޗްގައި އިންޑިޔާއާއި ދެކޮޅަށް ކުޅުނު މެޗްގެ ތެރެއިންނެވެ. އިންޑިޔާ މެޗުގައި ހަމްޒާގެ ކަކުލަށް އަނިޔާވެފައިވާއިރު، ހެދި ޓެސްޓުތަކުން މަސްގަނޑަށް ލިބިފައިވާ އަނިޔާއާއި ގުޅިގެން، އެ އަނިޔާއިން ރަނގަޅުވުމަށް ދެ ހަފްތާއެއްހާ ދުވަސް ނަގާނެކަމަށް ބެލެވެއެވެ.

ގައުމީ ޓީމު އެންމެ އަވަހަށް ދެން ކުޅުމަށް ހަމަޖެހިފައިވާނީ ލަންކާފައި ކުޅުމަށް ހަމަޖެހިފައިވަނީ މަހިންދަ ރާޖަޕަކްސަ ނޭޝަންސް ލީގް ކަޕްގައެވެ. ސްރީލަންކާ، ބަންގްލަދޭޝް އަދި ރާއްޖެއާއެކު ސީޝެލްސް މިމުބާރާތުގައި ކުޅޭއިރު މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަންނަ މަހުގެ 8ވަނަ ދުވަހުއެވެ. އަދި މިމުބާރާތް ފެށެންވާއިރަށް ހަމްޒާ އެއްކޮށް ފިޓްވާނެކަމަށް ބެލެވެއެވެ. ނަމަވެސް އަންނަ ހޮނިހިރު ދުވަހު ކުޅުދުއްފުށީގައި ގައުމީ ޓީމް ކުޅޭ މެޗުގައި ހަމްޒާއަށް ނުކުޅެވޭނެއެވެ.

ނިމިގެންދިޔަ އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ރާއްޖެއިން އެންމެ ފުރަތަމަ ކުޅުނު މެޗުގައި ނޭޕާލް އަތުން ބަލިވިނަމަވެސް، ޖެހިގެން އައި ބަންގްލަދޭޝް މެޗުގައި ރާއްޖެއިން 2 ގޯލް ޖަހާފައިވާއިރު، ފުރަތަމަ ގޯލް ޖަހާފައިވަނީ ހަމްޒާ މުޙައްމަދުއެވެ. 2018ވަނަ އަހަރު ރާއްޖެއިން ސާފް ޗެންޕިއަންޝިޕް ކާމިޔާބުކުރިއިރުގައި އެޓީމުގައިވެސް ހަމްޒާވަނީ މޮޅު ކުޅުމެއްދައްކާފައެވެ.