ޚަބަރު

ބޭރުގެ އެހީ މެދުކަނޑާލަން ގޮވާލުމަކީ ޤައުމަށް ލިބޭ ދެރައެއް


ރާއްޖޭގައި އަސާސީ ޚިދުމަތްތައް ޤާއިމްކުރުމަށް ބޭރުގެ ޤައުމުތަކުން ލިބޭ އެހީތައް
މެދުކަނޑާލުމަށް ރާއްޖޭގެ ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުންދާކަމަށާއި، އެއީ
ދިވެހި ރައްޔިތުންނަށް އޮތް ވަރަށް ބޮޑު ދެރައެއް ކަމަށް އެންވަޔަރމަންޓް މިނިސްޓަރ
ތާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.



ޅ.ހިންނަވަރުގެ ފެނުގެ ނިޒާމްގެ ޢަމަލީ މަސައްކަތް ފެށުމަށް އެ ރަށުގައި ބޭއްވި
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ތާރިޤް ވިދާޅުވީ، ސަރުކާރުން މަސައްކަތް
ކުރައްވަމުން ގެންދަވަނީ އަސާސީ ޚިދުމަތް ދިނުމުގައި އެއްވެސް ތަފާތު ކަމެއް ނެތި ރައްޔިތުންނަށް
ޚިދުމަތް ދެއްވުމަށް ކަމަށާއި، އެހެންކަމުން އެއީ ރައްޔިތުން އުފާކުރަންޖެހޭ ކަމެއް
ކަމަށެވެ.



ރައީސް ޔާމީންގެ ވެރިކަމުގެ ދެ އަހަރުގެ ތެރޭގައި މިހާތަނަށް 10 ރަށުގެ ނަރުދަމާ
އާއި، 10 ރަށުގެ ފެނުގެ ނިޒާމް ޤާއިމްކުރެވިފައިވާ ކަމަށްވެސް މިނިސްޓަރ ތާރިޤް ވިދާޅުވިއެވެ.
އަސާސީ ޚިދުމަތްތައް ޤާއިމް ކުރުމުގައި ސިޔާސީ ވިސްނުން ނުގެންގުޅޭ ސަރުކާރާ އެއްބާރުލުން
ދެއްވައިގެން މަސައްކަތް ކުރެއްވުމަށް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ.