ޚަބަރު

ކަޅުއޮށްފުންމި މާލެ ގެނައުން މާދަމާ


ކަޅުއޮށްފުންމި މާދަމާ މާލެ ގެންނާނެކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

ހޯމް މިިނިސްޓްރީން ވިދާޅުވީ، ކަޅުއޮށްފުންމި މާދަމާ މާލެ އަންނައިރު އެކަމަށްޓަކައި  ޚާއްސަ ރަސްމިއްޔާތެއް ރަސްމިއްޔާތު މާދަމާ
ހަވީރު ޢިއްޒުއްދީން ފާލަމުގައި ބާއްވަވާ ގޮތަށް ހަމަޖައްސައިފިއެވެ.



ކަޅުއޮށްފުންމި މާލެ އައުމަށް ދަތުރުކުރާއިރު، ތިން
ރިޔާ ނަގައިގެން އޮޑީގެ އަޞްލު ފެންނަ ގޮތަށް ދަތުރުކުރަން ހަމަޖެހިފައިވާ ކަމަށް
ހޯމް މިނިސްޓްރީން މަޢުލޫމާތު ދެއްވައެވެ.



މާދަމާގެ ރަސްމިއްޔާތުގައި، ހއ.އުތީމުގެ ރައްޔިތުންގެ
ފަރާތުން އޮޑިއަށް އަރުވާ ޚާއްޞަ ފަރިވަޅެއްވެސް އެރުވުން މާދަމާގެ
ރަސްމިއްޔާތުގައި އޮންނާނެއެވެ.



ހދ. ނޭކުރެންދުގައި ކަޅުއޮށްފުންމި ބަނދެ ބާލާފައިވަނީ
މި މަހުގެ ދެވަނަ ދުވަހުއެވެ.



ކަޅުއޮށްފުންމި ރަސްމީކޮށް އިފްތިތާޙު
ކުރައްވާފައިވަނީ، ޤައުމީ ދުވަސް ރަސްމީގޮތުން ފާހަގަކުރެއްވުމަށް އުތީމުގައި ބޭއްވެވި
ޙަރަކާތްތަކުގެ ތެރެއިން މިދިޔަ ހޮނިހިރު ދުވަހުއެވެ.