ޚަބަރު

ސަބްމެރީން ބޭނުންކޮށްގެން އުތުރު ކޮރެޔާއިން މިސައިލްތަކެއް ތަޖުރިބާކޮށްފި


ސަބްމެރީން ބޭނުންކޮށްގެން އުތުރު ކޮރެޔާއިން ބެލިސްޓިކް މިސައިލްތަކެއް ތަޖުރިބާކޮށްފިއެވެ.

އުތުރު ކޮރެޔާގެ ޢަމަލުތަކާމެދު ކަންބޮޑުވުން ފައުޅުކުރައްވައި ޖަޕާނުގެ ބޮޑުވަޒީރު ފުމިޔޯ ކިޝީޑާ ވިދާޅުވީ އުތުރު ކޮރެޔާއިން ދެ ބެލިސްޓިކް މިސައިލް ތަޖުރިބާކޮށްފައިވާކަމަށާއި އެއީ ވަރަށް ދެރަ މައްސަލައެއްކަމަށެވެ. އޭގެ އިތުރުން ދެކުނު ކޮރެޔާއިން ބުނީ ބެލިސްޓިކް މިސައިލްތައް ފޮނުވާލާފައިވަނީ ސަބްމެރީނެއް ބޭނުންކޮށްގެންކަމަށެވެ.

މި އަހަރުގެ ތެރޭގައި އުތުރު ކޮރެޔާއިންވަނީ އަށް މިސައިލް ތަޖުރިބާކޮށްފައެވެ. ނަމަވެސް އެ ޤައުމުން ސަބްމެރީންނެއް ބޭނުންކޮށްގެން މިސައިލެއް އެންމެ ފަހުން ތަޖުރިބާކޮށްފައިވަނީ 2019ވަނަ އަހަރުގެ ތެރޭގައެވެ. އުތުރު ކޮރެޔާއިން ބެލިސްޓިކް މިސައިލް ތަޖުރިބާކުރުމަކީ އދން މަނާކޮށްފައިވާކަމެކެވެ.