ޚަބަރު

ކުޑަރިކިލުން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 40އަށް


ބ.ކުޑަރިކިލުން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޢަދަދު 40އަށް އަރައިފިއެވެ.

ކުޑަރިކިލުން ކޯވިޑްގެ ފުރަތަމަ ކޭސް ފެނިފައިވަނީ މިމަހުގެ 14ވަނަ ދުވަހުގައެވެ. މިހާތަނަށް އައިރު ޖުމުލަ 41 މީހުން ބައްޔަށް ޕޮޒިޓިވްވެފައިވެއެވެ. ޕޮޒިޓިވްވި މީހުންނާ ދިމާވެގެން 133 މީހެއްގެ ސާމްޕަލް ވަނީ މިހާތަނަށް ނަގާފައެވެ. އިތުރު ސާމްޕަލްތަކާއެކު ޖުމުލަ 257 ސާމްޕަލެއް ކޯވިޑަށް ޓޭސްޓް ކުރުމަށްޓަކައި ވަނީ ނަގާފައެވެ. އެރަށު ސިއްޙީ މަރުކަޒުން ހާމަކުރައްވާފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިވަގުތު 56 ގެއެއް ވަނީ މޮނިޓަރިންނަށް ލާފައެވެ.

ކުޑަރިކިލުގައި ކޯވިޑު ފެތުރެމުންދާއިރު ބަލި މީހުންނަށް ފަރުވާ ދިނުމުގައާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްކުރުމަށް ތިބީ 2 ނަރުހުންނާއި ޑޮކްޓަރެވެ. އަދި ސިއްޙީ މަރުކަޒުގައި އެމަރޖެންސީ އެއްވެސް ވަޞީލަތެއް ނެތްކަމަށާއި އޮތް އެމްބިއުލާންސްވެސް އޮތީ ހަލާކުވެފައިކަމަށް އެރަށުން މަޢުލޫމާތު ލިބެއެވެ. ސިއްހީ މަރުކަޒުގައި ހުރީ 3 އެނދާއި އެއް އޮކްސިޖަން މެޝިނެވެ.