ޚަބަރު

ކަނޑަށް ވެއްޓުނު ޒުވާނާ ފަތާފައިގޮސް ކާށިދުއަށް އަރައިފި


ކާށިދޫ ކަނޑަށް ވެއްޓުނު ޒުވާނާ ފަތާފައިގޮސް ކާށިދުއަށް އަރައިފިއެވެ.

ފުލުހުން ވިދާޅުވީ މާލެއިން ފުރައިގެން ބ. އަތޮޅަށް ދަތުރުކުރަމުންދިޔަ ދޯންނެއްގައި ހުއްޓާ ކަނޑަށް ވެއްޓުނު ޒުވާނާ ހޯދަމުންދަނިކޮށް ފަތާފައިގޮސް ކާށިދޫއަށް އަރާފައިވާކަމުގެ މައުލޫމާތު ލިބިފައިވާކަމަށެވެ. އަދި އޭނާގެ ޙާލު ރަނގަޅުކަމަށާއި ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ބުނީ މިހާދިސާގައި ގެއްލިގެން ހޯދަންފެށީ 22 އަހަރުގެ ދިވެހި ޒުވާނެއްކަމަށާއި އޭނާ ގެއްލިގެން ރިޕޯޓްކޮށްފައިވަނީ މިއަދު ހެނދުނު 11:00 ޖަހަނިކޮށްކަމަށެވެ.