މަޙޫމޫދުގެ ހަށިގަނޑު ދަނގެއްޗަށް ގެންގޮސް ޖަނާޒާގެ ކަންކަން ފަށައިފިއެވެ.
އެ ރަށުން މަޢުލޫމާތުދިން މީހަކު ބުނިގޮތުގައި، މިހާރު މަސައްކަތްކުރަމުންދަނީ ވީހާވެސް އަވަހަށް ހަށިގަނޑު ވަޅުލުމުގެ މަސައްކަތް ކުރުމަށެވެ.
މަޙުމޫދުގެ ހަށިގަނޑަށް ދީފައިވާ ޙަމަލާތަކާއި، އަދި ފެނުގައި 12 ގަޑިއިރެއްހާއިރު އޮތުމުގެ ސަބަބުން ހަށިގަނޑު މިހާރުވެސް ވަނީ ވަރަށް ބޮޑަށް ކުނިވެފައިކަމަށް މަޢުލޫމާތުދިން މީހާ ބުންޏެވެ. އެހެންކަމުން އަސުރުނަމާދަށްފަހު މަހުމޫދުގެ ހަށިގަނޑު ވަޅުލުމަށް ދަނީ މަސައްކަތްކުރަމުންނެވެ.
މަޙުމޫދުގެ ހަށިގަނޑު ފެނުނީ، ހަމާލަދީ މަރާލުމަށްފަހު ފަޅު ގެއްގައި ހުރި ވަޅެއްގެ ތެރެއަށް އެއްލާލާފައި އޮތްވައެވެ. އަދި ހަށިގަނޑު ފެނުމަށްފަހު، ވަޅުން ނަގާފަނީ 3 ގަޑިއެއްހާއިރު ފަހުންނެވެ.
މި މައްސަލައާ ގުޅިގެން ފުލުހުންގެ ފޮރެންސިކް ޓީމެއް ދަނގެއްޗަށް ގޮސް، މިއަދު ހެނދުނު މަޙުމޫދުގެ ހަށިގަނޑު، އިތުރު ތަޙުލީލުތަކަށް މާލެ ގެނައެވެ. އަދި އައިޖީއެމްއެޗް ހޮސްޕިޓަލްގައި މަޙުމޫދޫގެ ސީޓީ ސްކޭނެއް ހެދުމަށްފަހު ހަށިގަނޑު އަނބުރާ ރަށަށް ވަނީ ފޮނުވާލާފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަޙުޤީޤުކުރަމުންނެވެ. ނަމަވެސް މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.