ޚަބަރު

މަޤާމަށް ޢައްޔަން ކުރިތާ 10 މަސް، ޕެންޝަން އޮފީހުގެ ސީއީއޯ މަޤާމުން ވަކިކޮށްފި


މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ސީއީއޯ، މަޤާމުން މަވިކޮށްފިއެވެ.

ޕެންޝަން އޮފީހުގެ ސިއީއޯގެ މަޤާމަށް އައްޔަން ކުރައްވާފައިވަނީ ޕެންޝަން ދާއިރާގައި 25 އަހަރުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި މޯލްޓާއަށް އުފަން ޖޯން ގްރިންޑާލްއެވެ. އޭނާ މަޤާމަށް އައްޔަންކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

ޕެންޝަން އޮފީހުގެ ސީއީއޯ މަޤާމުން ވަކިކޮށްފައިވަނީ އޭނާގެ ސުލޫކީ މައްސަލައެއްގައިކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ދިވެހިރާއްޖޭގެ ޕެންޝަން ސްކީމްތައް ބެލެހެއްޓުމަށް މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް ޤާއިމްކުރެވިގެންދިޔައީ 2009ވަނަ އަހަރުއެވެ.