ކުޅިވަރު

ޔޫތު ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗް ޕޮލިސް ކާމިޔަބުކޮށްފި


މައިލޯ ވީއޭއެމް ޔޫތު ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗް ޕޮލިސް ކްލަބް ކާމިޔާބުކޮށްފިއެވެ. ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައި މިއަދު ފެށި ޔޫތު ޗެމްޕިއަންޝިޕް ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗް ޕޮލިސް ކްލަބް ކާމިޔާބުކުރީ ސްޕޯޓްސް ކްލަބް ގުޑީސްއާ ވާދަކޮށް 3 ސެޓް 1 ސެޓުންނެވެ. މެޗްގެ ފުރަތަމަ ސެޓް 25/17ން ގެންދިޔައީ ޕޮލިސް ކްލަބެވެ. 2 ވަނަ ސެޓް ގުޑީސް ގެންދިޔައީ 25/21 ނެވެ. ޖެހިގެންއައި 2 ސެޓް ޕޮލިސް ކްލަބް ކާމިޔާބުކުރީ 25/09 ، 21/25 ންނެވެ. މިމެޗްގެ މޮޅު ކުޅުންތެރިއަކީ ޕޮލިސް ކްލަބްގެ އައިމިނަތު ޖޫޒަންއެވެ. މިމުބާރާތުގައި މިރޭ ކުޅޭނީ ފިރިހެން ޑިވިޝަންގެ މެޗެކެވެ. މި މެޗްގައި ބައްދަލުކުރާނީ ޔޫތު ސްޕޯތްސް ކްލަބާއި ފެލިދޫ ޒުވާނުންގެ އެކުވެރިންގެ ދިރުމެވެ.މިމުބާރާތުގެ އަންހެން ބައިގައި ވާދަކުރަނީ 3 ޓީމެވެ. ފިރިހެން ބައިގައި ވާދަކުރަނީ 5 ޓީމެވެ.