ޚަބަރު

ގެވެށި އަނިޔާގެ މައްސަލައެއްގައި މީހަކު ހޯދަނީ


ފުލުހުން ތަހުގީގު ކުރަމުންދާ ގެވެށި އަނިޔާގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުވުމަށް މީހަކު ހޯދަން ފުލުހުން އިއުލާން ކޮށްފިއެވެ.

ފުލުހުންނާއި، ހުޅުމާލެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ގެވެށި އަނިޔާގެ މައްސަލައެއްގެ ތަހުގީގަށް ހާޒިރުކުރުމަށް އަންގާފައިވަނީ ނ. ހޮޅުދޫ، މިންވަރު، ޢަބްދުﷲ ރަޖީޙު (27އ)، އައިޑީކާޑު ނަންބަރު A206020 އެވެ.

އޭނާ ހޯދަން އިއުލާންކޮށްފައިވަނީ އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓް ރައްދުކުރެވިފައިނުވާތީއާއި އާއިލާއަށްވެސް އުޅޭ ވަކިތަނެއް އެނގިފައިނުވާތީ، ޖިނާއީ މައްސަލަތައް ތަޙުޤީޤުކުރުމުގައި ފުލުހުން ޢަމަލުކުރާނެ އިޖުރާއަތުގެ ޤަވާއިދުގެ މަތީންނެވެ.

އޭނާ ހާޒިރުވުމަށް އަންގާފައިވަނީ މިމަހުގެ 20 ވަނަ ދުވަހު 13:00 އަށް ހުޅުމާލެ ޕޮލިސް ސްޓޭޝަނަށެވެ.