ދުނިޔެ

ދިމިޝްކަށް ދިން ވައިގެ ހަމަލާތަކެއްގައި 28 މީހުން މަރުވެއްޖެ


ސޫރިޔާގެ ވެރިރަށް ދިމިޝްކަށް ދިން ވައިގެ ހަމަލާތަކެއްގައި 28 މީހުން މަރުވެއްޖެއެވެ.ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސްއިން ބުނާގޮތުން މިހަމަލާތަކުގައި އެންމެ ބޮޑު ގެއްލުންތަކެއް ލިބިފައިވަނީ ދިމިޝްކުގެ ދޫމާ، ސަޤްބާ އަދި ގައުޓާ ސަރަޙައްދަށެވެ. ވައިގެ މަގުން ހަމަލާތައް ދީފައިވަނީ ރަޝިޔާއިން ކަމެއް ނުވަތަ ސޫރިޔާގެ އަސްކަރިއްޔާއިން ކަމެއް ކަށަވަރުނުވާ ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސްގެ ވެރިޔާ ރާމީ އަބްދުލް ރަޙްމާން ހާމަކުރެއެވެ.ދޫމާ ސަރަހައްދަށް ދިން ހަމަލާތަކުގައި، އެސަރަހައްދުގެ ސްކޫލެއް ކައިރިއަށް މިސައިލެއް ވެއްޓުމުގެ ސަބަބުން އެސްކޫލުގެ ޕްރިންސިޕަލްގެ އިތުރުން ދެކުއްޖަކު މަރުވެފައިވެއެވެ. މީގެ އިތުރުން ސަރުކާރު ސިފައިން ދިން މޯޓަރު ބަޑީގެ ހަމަލާތަކެއްގައިވެސް 3 މީހުން މަރުވެ، 30 އެއްހާ މީހުން ޒަޙަމްވެފައިވާ ކަމަށް ސީރިއަން އޮބްޒަވޭޓަރީ ފޮރ ހިއުމަން ރައިޓްސްއިން ބުނެއެވެ.