ކުޅިވަރު

ބެލޮންޑިއޯ އަށް ވާދަކުރާ ކުޅުންތެރިންގެ ނަންތައް ހާމަކޮށްފި


މިއަހަރުގެ ބެލޮން ޑިއޯ އެވާރޑަށް ވާދަކުރާ ކުޅުންތެރިންގެ ނަންތައް އާންމުކޮށްފިއެވެ. މިގޮތުން މިފަހަރު މިއެވާރޑަށް ވާދަކުރަނީ ޖޯޖީނިއޯ، ލިއޮނެލް މެސީ އަދި ރޮބަޓް ލެވަންޑޯސްކީއެވެ.

މެސީއަކީ މިއިނާމް 2019 ވަނަ އަހަރު ހޯދި ކުޅުންތެރިޔާއެވެ. އަދި މިއަހަރު މެސީ ވަނީ ފުރަތަމަ ފަރަހަށް ޤައުމީ ޓީމާއެކު ތަށްޓެއް ހޯދާފައެވެ. އެއީ މިއަހަރު ބޭއްވި ކޮޕާ އެމެރިކާ މުބާރާތެވެ. އިޓަލީވިލާތުގެ ޖޯޖީނިއޯ ވަނީ ޗެލްސީ އާއެކު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުގެ އިތުރުން ޔޫރޯ 2020 މުބާރާތް އިޓަލީވިލާތާއެކު ކާމިޔާބުކޮށްފައެވެ. އަދި ލެވަންޑޯސްކީވަނީ 2020-2021 ވަނަ ސީޒަންގައި ޔޫރަޕްގެ ރަން ބޫޓު ހޯދާފައެވެ. މިގޮތުން އޭނާ ވަނީ ބުންޑަސްލީގާގައި ބަޔޭން މިޔުނިކަށް 41 ލަނޑު ޖަހައިދީފައެވެ.

ފްރާންސް ފުޓްބޯލް އިން އިންތިޒާމް ކުރާ މިއިނާމަކީ ކޮންމެ އަހަރަކު އެފަރާތުން ދެމުން އަންނަ އިނާމެކެވެ. މިއިނާމް ލިބޭ ފަރާތް އިޢުލާން ކުރުން އޮންނާނީ 29 ނޮވެމްބަރ ގައި ޕެރިހުގައި ބާއްވާ ހާއްސަ ރަސްމިއްޔާތެއްގައެވެ.
އިންގްލަންޑްގެ ޖޫޑް ބެލިންގހަމް، މޭސަން ގްރީންވުޑް އަދި ބަކާޔޯ ސާކާގެ ނަން ވަނީ ކޮޕާ ޓްރޮފީއަށް ވާދަކުރާ 10 ކުޅުންތެރިންގެ ތެރޭގައި ހިމެނިފައެވެ.