ކުޅިވަރު

ޗެކް ރިޕަބްލިކާއި ވޭލްސް މެޗް އެއްވަރު


ވާރލްޑް ކަޕް ކޮލިފައިންގ ޔޫރަޕް ސަރަހައްދުގެ ގްރޫޕް އީ ގައި ޗެކް ރިޕަބްލިކައި ވޭލްސް ބައްދަލުކުރިމެޗް އެއްވަރު ވެއްޖެއެވެ. ޗެކް ރިޕަބްލިކްގައި ކުޅުނު މިމެޗް ނިމުނީ 2 ލަނޑު 2 ލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ޗެކް ރިޕަބްލިކުން ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ވޭލްސްއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 36 ވަނަ މިނެޓްގައި ޖަހާފައިވަނީ ވޭލްސްއިންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ ކެޕްޓަން އާރޮން ރަމްސީއެވެ. ނަމަވެސް މިލަނޑު ޖެހިތާ ދެ މިނެޓް ފަހުން ޗެކް ރިޕަބްލިކްގެ ޔާކޫބް ޕެސެކްވަނީ ލަނޑެއް ޖަހައި، މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި މެޗްގެ 49 ވަނަ މިނެޓްގައި ޗެކްރިޕަބްލިކުންވަނީ މިމެޗްގެ ލިޑުވެސް ފުރަތަމަ ފަހަރަށް ނަގާފައެވެ. މިލަނޑަކީ ވޭލްސްގެ ރަމްސީ ކީޕަރަށް ޖައްސާލި ބޯޅައެއް ކީޕަރ ޑެނީ ވާރޑްއަށް ކޮންޓްރޯލް ނުވެގެން ގޮސް ބައިކޮޅަށް ވަން ލަނޑެކެވެ. މިމެޗްގެ ނަތީޖާ ވޭލްސްއިން ހަމަހަމަކުރީ މެޗްގެ 69 ވަނަ މިނެޓްގައި ޑެނިއަލް ޖޭމްސް ޖަހާދިން ލަނޑުންނެވެ.

މިމެޗް އެއްވަރު ވުމުން ގްރޫޕް އީ ގައި ޗެކް ރިޕަބްލިކް ދެވަނައިގާ އުޅޭ އިރު ވޭލްސް އޮތީ ގޯލްގެ ތަފާތުން ތިންވަނައިގައެވެ. މިގްރޫޕްގައި އެސްޓޯނިއާ އާއި ބެލަރޫސް ބައްދަލުކުރިމެޗް 2 ލަނޑު ސުންލަނޑުން ކާމިޔާބުކުރީ އެސްޓޯނިއާއެވެ.