ކުޅިވަރު

މުބާރާތުގައި ކުރިއަށްދިއުމަށް އިތުރު ހިއްވަރެއް ލިބިއްޖެ - ސުޒޭން


އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ބަންގްލަދޭޝް އަތުން ހޯދުނު މޮޅަކީ މުބާރާތުގައި ކުރިއަށް ދިއުމަށް ލިބުނު ވަރަށް ބޮޑު ހިއްވަރެއްކަމަށް ގައުމީ ކޯޗް އަލީ ސުޒޭން ބުނެފިއެވެ. ސާފް ޗެންޕިއަންޝިޕްގެ ފުރަތަމަ މެޗްގައި ނޭޕާލް އަތުން ރާއްޖެ ބަލިވެފައިވާއިރު، ރޭ ރާއްޖެވަނީ ބަންގަލަދޭޝް މެޗް ކާމިޔާބުކޮށް، މުބާރާތުގައި ކުރިއަށް ދިއުމުގެ އުއްމީދު އާކޮށްފައެވެ. މިމެޗުން މޮޅުވުމުން ކޯޗް ސުޒޭންވަނީ މިމޮޅު ކުޅުންތެރިނަށް ހާއްސަކޮށްފައެވެ.

މެޗްއަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ކޯޗް އަލީ ސުޒޭންބުނީ ފުރަތަމަ މެޗުން ނޭޕާލް އަތުން ބަލިވުމާއި ގުޅިގެން ބަންގްލަދޭޝް މެޗްއަށް ކުޅުންތެރިން ނިކުތީ ވަރަށް ބޮޑަށް ތައްޔާރުވެގެން އަދި މުބާރާތުގައި ކުރިއަށް ދިއުމަށް އެޓީމް ބަލިކުރަންކަމަށެވެ. މިމެޗުން މޮޅުވުމުން ރާއްޖެއަށްވަނީ ފައިނަލަށް ދިއުމުގެ ފުރުސަތު އަނެއްކާވެސް ހުޅުވިފައެވެ. ގައުމީ ކޯޗް އަލީ ސުޒޭން ބުނީ މެޗުން މޮޅުވީ ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަމަށާއި މިއީ ކުޅުންތެރިން ކުރި ހިއްވަރުކަމަށެވެ. މިއީ ގައުމީ ދުވަހު ގައުމީ ޓީމްއިން ދިވެހި ރައްޔިތުންނަށް ދިން ހަދިޔާއެއްކަމަށްވެސް ސުޒޭން ބުންޏެވެ. ސުޒޭން ބުނީ އިންޑިޔާ އާއި ލަންކާ ވާދަކުރި މެޗް އެއްވަރުވުމާއި ގުޅިގެން ރާއްޖެއަށް ވަރަށް ބޮޑު ފައިދާއެއް ކުރިކަމަށާއި އެމެޗް އެއްވަރުވުމާއި ގުޅިގެން ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދަން ކުޅުންތެރިންނަށް އިތުރު ހިއްވަރެއް ލިބިފަކަމަށް ސުޒޭން ބުންޏެވެ.

"އަޅުގަނޑު މެޗެއް ނުކުޅެ ތިއްބައި ބައިވަރު މެޗުތަކެއް ކުޅެފި. މި މެޗުތަކުގެ ނަތީޖާ ދިޔައީ އަޅުގަނޑުމެންނާ އިދިކޮޅަށް. އިންޑިއާ އަށް ޕޮއިންޓެއް ގެއްލުމަކީ ރިލީފެއް. އެ ހިސާބުން ކުޅުންތެރިންނަށް ވެސް ގަބޫލްކުރެވުނު މިރޭގެ މެޗުން މޮޅުވެފައި ލަންކާއާ ކުޅޭ މެޗުން ރާއްޖެ މޮޅުވެއްޖެނަމަ، ފުރުސަތު ލިބިދާނެކަން. މި މެޗުން ރާއްޖެ މޮޅުވީ ނެގައި ބަދަލްތަކެއްގެ ސަބަބުންނެއް ނޫން، މެޗުން މޮޅުވީ ކުޅުންތެރިން ކުރި ހިއްވަރެއްގެ ސަބަބުން." ކޯޗް ސުޒޭން ބުންޏެވެ.

މިއަންނަ އާދިއްތަ ދުވަހު ހަވީރު ރާއްޖެ ނިކުންނާނީ ސްރީ ލަންކާއާއި ދެކޮޅަށެވެ. އަދި އެރޭ ނިކުންނާނީ ނޭޕާލް އާއި ދެކޮޅަށެވެ.