ޚަބަރު

ފެންދޭ ނިޒާމް ޤާއިމްކުރުމުގެ ޕްރޮގްރާމް


ދަނޑުވެރިކަން ކުރުމުގައި
ޒަމާނާ އެއްގޮތަށް ބޭނުންކުރާ ފެންދޭ ނިޒާމް ޤާއިމުކުރުމުގެ ޕްރޮގްރާމް ހިންގުމަށް
އެދި ހުށަހެޅުމުގެ ފުރުސަތު ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.



މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ވަނީ މި ފުރުސަތު އަންނަ ޖެނުއަރީ މަހުގެ 18 ވަނަދުވަހުގެ ނިޔަލަށް
ހުޅުވާލާފައެވެ.



ފިޝަރީޒް
މިނިސްޓްރީން ބުނީ ދެމެހެއްޓެނިވި ގޮތެއްގައި ދަނޑުވެރިކަން ތަރައްގީކޮށް
ކުރިއެރުވުމުގެ ސިޔާސަތުގެ ދަށުން ކުދި ޖަޒީރާ ގައުމުތަކުގައި ދަނޑުވެރިކަން
ކުރުމުގައި ޒަމާނާ އެއްގޮތަށް ބޭނުންކުރާ ފެންދޭ ނިޒާމް ގާއިމުކުރުމުގެ ޕްރޮގްރާމް
ދެ ރަށެއްގައި ހިންގާގޮތަށް ހަމަޖެހިފައިވާކަމަށެވެ. އަދި ފެންދޭ ނިޒާމް ގާއިމްކޮށްދެވޭނީ
މިކަމަށް އެދި ހުށަހަޅާ ފަރާތުން ކަނޑައަޅާ 10 ދަނޑުވެރިއެއްގެ ދަނޑުގައިކަމަށް
އެމިނިސްޓްރީން ބުނެއެވެ.



މި ޕްރޮގްރާމް
ހިންގާނެ ރަށްތައް ކަނޑައެޅުމުގައި ދަނޑުވެރިކަން ފުޅާކުރުމަށް ބިން ލިބެން ހުންނަ
މިންވަރަކާއި ދަނޑުމަތީގައި ފެން ނެގޭނެ އިންތިޒާމު ގައިމުވެފައި ހުރި މިންވަރަށް ބެލުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރަށުގައި ދަނޑުވެރިކަން ކުރަމުންދާ
ނިސްބަތާއި ދަނޑުބިމުގައި ފެންދޭ ނިޒާމް މިހާރު ގައިމުކުރެވިފައިވާ މިންވަރަށް ބެލުމަށް ހަމަޖެހިފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ.