ދުނިޔެ

ލީބިޔާގައި ގުޅިފައިވާ ސަރުކާރެއް ޤާއިމްކުރުމަށް ގޮވާލައިފި


ލީބިޔާގައި އެއްބައިވަންތަ ކަމުގެ ސަރުކާރެއް
އެކުލަވާލާ ގައުމުގައި ހަމަޖެހުން ޤާއިމުކުރުމަށް ދުނިޔޭގެ ބާރުތަކުން ގޮވާލައިފިއެވެ.



ލީބިޔާގައި އުފެދިފައިވާ ދާޚިލީ ހަމަނުޖެހުންތަކަށް
ސުލްހަވެރި ހައްލެއް ހޯދުމުގެ މަޤްސަދުގައި އިޓަލީވިލާތުގެ ރޯމްގައި އިއްޔެ
ނިންމާލީ ބައިނަލްއަޤްވާމީ ކޮންފަރެންސްގައި ދުނިޔޭ ބާރުތަކުން ވަނީ ލީބިޔާއަށް
އިޤްތިސާދީ ގޮތުންނާ ދިފާޢީ ގޮތުން އެހީވާނެ ކަމަށް ބުނެފައެވެ.



17 ގައުމަކުން ބައިވެރިވި މިސަމިޓް ނިންމާލުމަށް
ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ
ވިދާޅުވީ، ނުރައްކާތެރި އައި.އެސް ޖަމާޢަތުން ލީބިޔާގައި ހަރަކާތްތެރިވަމުންދާ
މިދަނޑިވަޅުގައި ލީބިޔާގައި ހަމަޖެހުން ޤާއިމުކުރުމަށް އެގައުމުގެ ސަރުކާރާ، އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތަށް ބައިނަލްއަޤްވާމީ ދުނިޔެއިން
ތާޢިދުކުރާނެ ކަމަށެވެ.



އެމެރިކާގެ އިތުރުން، ރަޝިޔާ، ޗައިނާ ޖަރުމަނުވިލާތް
އަދި މިސްރުންވެސް ވަނީ މި ސަމިޓްގައި ބައިވެރިވެފައެވެ.