ކުޅިވަރު

އައުރިއަރ ވިޔަރެއާލްއަށް ސޮއި ކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގެ ޓޮޓްނަމް ހޮޓްސްޕަރ އަށް ކުޅުނު ސަރޖީ އައުރިއަރ ސްޕެނިޝް ލަލީގާގެ ވިޔަރެއާލް އަށް ސޮއިކޮށްފިއެވެ. އައުރިއަރ ސްޕަރސްއިން ވަނިވެފައިވަނީ ކްލަބާއި އެކުހަދާފައިވާ އެއްބަސްވުން ވާހަކަ ދައްކައިގެން އޮގަސްޓް މަހު އުވާލައިގެންނެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އައުރިއަރ ވިޔަރެއާލްއާއި ގުޅިފައިވަނީ އެއް އަހަރު ދުވަހުގެ އެއްބަސްވުމެެއްގެ ދަށުން ކަމުގައިވީ ނަމަވެސް އިތުރު ދެ އަހަރަށް އެއްބަސްވުން ދިގުކުރުމުގެ ފުރުސަރު މިއެއްބަސްވުމުގެދަށުން ހުޅުވިފައިވެއެވެ. އެހެން ކަމުން އޭނާ 2024 ވަނަ އަހަރުގެ ނިޔަލަށް ވިޔަރެއާލްގައި މަޑުކުރުމަކީވެސް ގާތްކަމެއް ކަމަށް ބެލެވެއެވެ. އައިރިއަރ ވަނީ ސްޕަރސްގައި ހަތަރު އަހަރު ހޭދަކޮށްފައެވެ. އަދި ވިޔަރެއާލްއާއި ގުޅެނެ ކަމަށް ބެލެވިފައިވަނީ އިންޓަރނޭޝަނަލް ބްރޭކަށްފަހުއެވެ. އެއީ އޭނާވަނީ ކޯޓެޑިއުއަރ ވާރލްޑް ކަޕް ކޮލިފައިންގ ގައި ކުޅޭ މެޗް ގައި ހިމަނާފައެވެ.

ވިޔަރެއާލް މިހާރު އުޅެނީ ލަލީގާގެ ޕޮއިންޓް ތަވަލްގެ 11 ވަނައިގައެވެ. އެއީ ކުޅުނު 7 މެޗުން ލިބިފައިވާ 11 ޕޮއިންޓާއެކުއެވެ.