ކުޅިވަރު

ރާއްޖޭ އާއި ބަންގްލަދޭޝް މެޗުގެ ޓިކެޓުގެ ބާރު ބޮޑުވެ ބަންގްލަދޭޝް ސަޕޯޓަރުން ރަތަށް


އުރީދޫ ސާފްޗެމްޕިއަންޝިޕްގައި ރާއްޖެ އާއި ބަންގްލޭދޭޝް ވާދަކުރާ މެޗު ޓިކެޓް ބާރު ބޮޑުވެ އެގައުމުގެ ސަޕޯޓަރުން ނުރުހުންފާޅު ކޮށްފިއެވެ.

މުބާރާތުގެ ރާއްޖޭގެ މެޗު ކުޅޭއިރު އިދިކޮޅު ސަޕޯޓަރުން ދީފައިވަނީ 20 ޕަސެންޓެވެ. ބަންގްލަދޭޝްވާ 20 ޕަސެންޓުގެ ތެރެއިން މިއަދު ހެދުނު ޓިކެޓް ވިއްކަން ފެށިތާ 3 ގަޑިއިރުތެރޭގައި ވަނީ ވިކި ހުސްވެފައެވެ. މެޗުގެ ޓިކެޓް ގަންނަން ވެގެން ހަދާލި ބޮޑުކިއުއާކު ވިކި ހުސްވުމުން ބަންގަލަދޭޝް ސަޕޯޓަރުން ވަނީ ރަސްމީ ދަނޑުކައިރިޔަށް އެއްވެ ނުރުހުން ފާޅުކޮށްފައެވެ. ބަންގްލަދޭޝް ސަޕޯޓަރުން އެދެމުން ދަނީ އިތުރު ޓިކެޓް ވިއްކުމަށެވެ.

އަންނަ ބުރާސްފަތި ދުވަހުގެރޭ ކުޅޭ މެޗަށް ނުކުންނައިރު ބަންގްލަދޭޝް ވަނީ މުބާރާތުގެ ފުރަތަމަ ދެމެޗުން ހަތަރު ޕޮއިންޓް ހަމަކޮށްފައެވެ. ރަސްމީދަނޑުގައި އެންމެފަހުން މި ދެޓީމު ވާދަކުރި މެޗުގައި ބަންގްލަދޭޝްގެ ގިނަ އަދަދެއްގެ ކުޅިބެލުންތެރިން ވަނީ މެޗު ބެލުމަށް ދަނޑަށް ވަދެފައެވެ.