ޚަބަރު

އެމްއެންޑީއެފުން ބޭއްވި ކުޑަކުދިންގެ ސިފަ ހަވީރު ނިންމާލައިފި


ޤައުމީ ދުވަހާއި ގުޅުވައިގެން އެމް.އެން.ޑީއެފުން ކުރިއަށް ގެންދިޔަ "ކުޑަކުދިންގެ ސިފަ ހަވީރު"  މިއަދު ނިންމާލައިފިއެވެ.3 ދުވަހަށް ކުރިޔަށް ގެންދިޔަ މި ހަވީރުގައި ގިނައަދަދެއްގެ ކުޑަކުދިންނާއި ބޮޑެތި މީހުން ބައިވެރިވެފައިވެއެވެ. އެމް.އެން.ޑީއެފުން ވިދާޅުވީ މި ހަވީރަށް އާމުންގެ ބޮޑުތަރުހީބެއް ލިބިގެންދިޔަކަމަށެވެ." ކުޑަކުދިންގެ ސިފަ ހަވީރު" ގެ ހަރަކާތްތަކުގެ ތެރޭގައި ރެޕަލް ކުރުމާއި ކޯސްޓްގާޑް ޝިޕް ބަލާލުމާއި ސިފައިންގެ ޔުނިފޯމްގައި ފޮޓޯ ނެގުންފަދަ ހަރަކާތްތައް ހިމެނެއެވެ. އަދި މީގެ އިތުރުން ތަފާތު އެތައް ހަރަކާތްތައް މި ހަވީރުގައި ކުރިޔަށް ގެންގޮސްފައިވެއެވެ.