ޚަބަރު

ޕެންޝަން އޮފީހުގެ 2 މިލިއަނެއްހާ ރުފިޔާގެ ހިޔާނާތުގެ މައްސަލައެއް


މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓޭޝަން އޮފީހުގެ  2 މިލިއަނެއްހާ ރުފިޔާއަށް ޚިޔާނަތްތެރިިވި މައްސަލައެއް ފުލުހުން ތަޙުޤީޤް ކުރަން ފަށައިފިއެވެ.ފުލުހުން މީޑިޔާ އޮފިޝަލް ވިދާޅުވީ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓޭޝަން އޮފީހުގެ ދެމިލިއަނެއްހާ ރުފިޔާއަށް ޚިޔާނާތްތެރިވި މައްސަލައެއް ތަޙުޤީޤްކުރަން ފަށާފައިވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން އިތުރު ތަފްސީލެއް މިވަގުތު ދެވެން ނެތް ކަމަށްވެސް ފުލުހުންގެ މީޑިޔާ އޮފިޝަލް ވަނީ ވިދާޅުވެފައި އެވެ. ޕީއެސްއެމްއަށް މައުލުމާތު ދެއްވަމުން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ވިދާޅުވީ، ފުލުހުން ބަލަމުންދާ މައްސަލަޔަކަށްވާތީ އެކަމާ ގުޅޭ އެއްވެސް މައުލޫމާތެެއް މިވަގުުތު ޙިއްސާކުރެވެން ނެތް ކަމަށެވެ. އަދި މިފައިސާއަށް ހިޔާނަތްތެރިވެފައިވަނީ އެއޮފީހުގެ މުވައްޒަފެއްކަމެއް ނުވަަތަ ނޫންކަންވެސް، ކަމާ ބެހޭ އެއްވެސް މުއައްްސަސާއަކުން ހާމައެއްނުކުރައްވައެވެ. \