ތަޢުލީމު

މަތީތަޢުލީމުގެ ލޯނަށް އެދުމުގެ އިތުރު ފުރުޞަތުތަކެއް ހުޅުވާލައިފި


ސަރުކާރުގެ މަތީތަޢުލީމުގެ ވަޢުދުގެ ތެރެއިން، މިއަހަރު މިހާރު ކިޔަވަމުންދާ ދަރިވަރުންނާއި، އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ހުޅުވާލާ މަތީތަޢުލީމުގެ ލޯނު އެހީގެ އިތުރު ފުރުޞަތުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.މިއީ، މިދިޔަ ސެޕްޓެމްބަރު މަހު ހުޅުވާލި ފުރުޞަތުގައި އިތުރުވެފައިވާ ސްލޮޓްތަކެއް ކަމަށް ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން މައުލޫމާތުދެއްވައެވެ. އިތުރުވެފައިވާ ސްލޮޓްތަކަށް ލިބޭ ލޯނު ފުރުޞަތުގެ ދަށުން އަލަށް ކިޔަވަން ފަށާ ދަރިވަރުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ކިޔެވުމަށް 244 ފުރުޞަތު ހުޅުވާލާފައިވެއެވެ.މިހާރު ކިޔަވަމުންދާ ދަރިވަރުންނަށް ރާއްޖެއާއި ރާއްޖެއިން ބޭރުން ކިޔެވުމަށް 110 ފުރުޞަތު ވަނީ ހުޅުވާލާފައެވެ. މަތީތަޢުލީމު ހާސިލްކުރުމަށް ސަރުކާރުން ދޭ ލޯނަށް ހުށަހެޅުމަށް ސެޕްޓެމްބަރުމަހު ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ 281 ދަރިވަރުންނަށް މިދިޔަ ނޮވެމްބަރު މަހުގެ 29 ވަނަ ދުވަހު ވަނީ ލޯނު ޙަވާލުކޮށްފައެވެ.